ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

  1. މިއިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް، ކައުންސިލް އިދާރާގެ އެކްސްޓެންޝަން މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރު (IUL)245-MIM/245/2024/4 އިޢުލާނާ ގުޅިގެން، އެއްވެސް ފަރާތަކުން ބީލަން ހުށަހަޅާފައި ނުވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިޢުލާނު ކުރަމެވެ.
  2. މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުން، ‏06‏ ފެބްރުއަރީ‏ 2024 އިން ‏12‏ ފެބްރުއަރީ‏ 2024 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ ލިންކުގައިވާ ފޯމު ފުރިހަމަކުރައްވައިގެން ރަޖިސްޓްރީވުން އެދެމެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.

މައިކްރޯސޮފްޓް ފޯމްގެ ލިންކް: https://forms.office.com/r/9QP3U1GxHu

  1. މަސައްކަތާގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ‏11‏ ފެބްރުއަރީ‏ 2024‏، ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލުކުރެއްވުން އެދެމެވެ. ނުވަތަ މިއިދާރާގެ ނަންބަރު 6501014 އަށް ގުޅުއްވުން އެދެމެވެ.
  2. މަސައްކަތާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން (ޕްރިބިޑް މީޓިންގ) އޮންނާނީ ‏12‏ ފެބްރުއަރީ‏ 2024‏، ވާ ހޯމަ ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގ ރޫމްގައެވެ. ޕްރީބިޑް މީޓިންގއަށް ޙާޟިރުނުވިކަމުގައިވިޔަސް ބީލަން ހުށަހެޅޭނެއެވެ.
  3. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ ‏15‏ ފެބްރުއަރީ‏ 2024‏، ވާ ބުރާސްފަތި ދުވަހުގެ 13:30 ގައި މިއިދާރާގެ މީޓިންގެ ރޫމްގައެވެ.
  4. ބީލަން ފޮތާއި، ކުރެހުންތައް މި އިޢުލާނާއެކު ހިމެނިފައިވާނެއެވެ.

       މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

06 ފެބުރުވަރީ 2024
ހޯދާ