މަޤާމު
|
ލީގަލް އޮފިސަރ
|
ބޭނުންވާ އަދަދު
|
01
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
ރޭންކް: އެމް.އެސް 2
|
މުސާރަ
|
މަހަކު -/6،295 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2،000 ރުފިޔާ
|
ލިވިންގ އެލަވަންސް
|
މަހަކު -/3،000 ރުފިޔާ
|
އެހެނިހެން
|
މަޤާމުގެ ގޮތުން ދެވޭ ޚާއްޞަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭތަން
|
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
|
ތަޢުލީމާއި ތަޖުރިބާ
|
ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން.
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮތޯރިޓީން ޤާނޫނީ ގޮތުން ތައްޔާރުކުރަންޖެހޭ އެންމެހައި ލިޔެކިޔުންތައް (ގަވާއިދުތަކާއި، ގައިޑްލައިންތަކާއި، ޕްރޮސީޖަރތަކާއި އެގްރިމެންޓްތަކާއި އެހެނިހެން ޤާނޫނީ ލިޔުންތައް) ތައްޔާރުމާއި، އެފަދަ ކަންކަމާގުޅިގެން އޮތޯރިޓީން ކުރަންޖެހޭ އެންމެހައި މަސައްކަތްކޮށް އެފަދަ ލިޔެކިޔުންތައް ބެލެހެއްޓުން.
- އަނިޔާ ލިބޭ ފަރާތްތަކަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން އޮތޯރިޓީއިން ދޭންޖެހޭ ޤާނޫނީ ލަފާއާ އެހީތެރިކަން ފޯރުކޮށްދިނުން.
- އަނިޔާކުރާ ފަރާތްތަކަށް ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އުފުލަންޖެހޭ މަދަނީ އަދި ޖިނާޢީ ޒިންމާތަކާގުޅޭގޮތުން ހޭލުންތެރިކުރުވުން.
- ކޯޓަކަށް ހުށަހެޅިފައިވާ މައްސަލައެއްގައި އޮތޯރިޓީން ތަދައްޚުލުވާންޖެހޭ ޙާލަތްތަކުގައި އޮތޯރިޓީ ތަމްސީލުކުރުމާއި އޮތޯރިޓީގެ މައްޗަށް ކޯޓުތަކުގައި އުފުލާ މައްސަލަތަކުގައި އޮތޯރިޓީ ތަމްސީލްކުރުން.
- އޮތޯރިޓީއިން ހިންގާ ހޭލުންތެރިކުރުވުމުގެ އަދި ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ޤާނޫނޫއާގުޅޭ ސެޝަންތައް ނަގައިދިނުން.
- އޮތޯރިޓީގެ ބޯޑަށާއި، ސީ.އީ.އޯއަށް އަދި ޑިވިޝަންތަކަށް ބޭނުންވާ ޤާނޫނީ ލާފާ ދިނުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.
- އޮތޯރިޓީއާ ގުޅުންހުރި ޤާނޫނުތައް ބަލައި، ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
- ރައްކާތެރިކަމުގެ އަމުރަށް އެދި ކޯޓަށް ހުށަހެޅުމުގައި، އަމުރު ހޯދުމުގައި، އަމުރު ތަންފީޒުކުރުމުގައި ދިމާވާ މައްސަލަތައް ފާހަގަކޮށް އެކަންކަން ދިރާސާކުރުން.
- އޮތޯރިޓީއާ ޖުޑީޝަރީއާ ގުޅިގެންކުރަންޖެހޭ ޤާނޫނީ މަސައްކަތްތައްކުރުން.
|
މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)
|
އިތުރު މަޢުލޫމާތު:
- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މި ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަވިއު އިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރިކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
- މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 އެޕްރީލް 2014 ވަނަދަހުގެ 14:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
ވެބްސައިޓް: www.fpa.gov.mv
ފޭސްބުކް: www.facebook.com/fpa.maldives |