ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ޑިރެކްޓަރ

މަޤާމުގެ ނަން: ޑިރެކްޓަރ

މުސާރަ: -/8،835 ރުފިޔާ

ސާރވިސް އެލަވަންސް: -/2،000 ރުފިޔާ

ރޭންކް: އީއެކްސް 1

ކްލެސިފިކޭޝަން:  އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓާސް

ބޭނުންވާ އަދަދު: 1

ސެކްޝަން: ކޯޕަރޭޓް އެފެއާޒް ސެކްޝަން

މަސައްކަތް ކުރަންޖެހޭ ތަން: ޤައުމީކުތުބުޚާނާ، ކ.މާލެ.

ޝަރުޠު:                                                                    

  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން، ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން. 

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  • ޤައުމީ ކުތުބުޚާނާގެ އެންމެހައި އިދާރީ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
  • ޤައުމީ ކުތުބުޚާނާގެ އެނުއަލް ރިޕޯޓު ތައްޔާރުކުރުން.
  • ޤައުމީ ކުތުބުޚާނާގެ އެނުއަލް ބަޖެޓް ތައްޔާރުކުރުން.
  • ޤައުމީ ކުތުބުޚާނާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ތައްޔާރުކޮށް ބެލެހެއްޓުން.
  • ޤައުމީ ކުތުބުޚާނާގައި ހިންގާ ޕްރޮޖެކްޓްސް ބެލެހެއްޓުން.
  • ޤައުމީ ކުތުބުޚާނާގެ އެޑްމިން އެންޑް އެޗް އާރު ޔުނިޓް، ފައިނޭންސް ޔުނިޓް އަދި އައިޓީ ޔުނިޓް ހެޑުން ސުޕަވައިޒްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބަލާނެ ކަންތައްތައް:

  • ސިވިލްސާރވިސްގެ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.
  • ސިވިލް ސާރވިސް ކޮމިޝަނުން ނެރެ ޝާއިޢުކޮށްފައިވާ، ސިވިލް ސާރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް – 1 އެޕްރީލް 2013 ގައިވާ، "މިޑިލް މެނޭޖްމަންޓް ސާރވިސްގެ މަޤާމުތަކަށް މުވައްޒަފުން އައްޔަން ކުރުމުގެ ކުރައިޓީރިއާ (އެމް.އެސް 3 އިން އީ.އެކްސް 2 އަށް) ގައިވާ ގޮތުގެ މަތިން،
  1. ތަޢުލީމާއި ތަމްރީން %50
  2. މަސައްކަތުގެ ތަޖުރިބާ % 12
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް %38
  • މިމަޤާމަށް މީހުން ހޮވުމުގައި ފައިނޭންސް ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އިންޓަރވިއު:

މި މަޤާމުތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. އަދި މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 20 ދުވަހުގެ ތެރޭގައި ޤައުމީކުތުބުޚާނާގައި އޮންނާނެއެވެ. މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާ ދުވަސް، މި މުއްދަތުގެ ތެރޭގައި، މަދުވެގެން 24 ގަޑިއިރު ކުރިން އެންގޭނެއެވެ.

އުޖޫރައާއި އިނާޔަތްތައް:

  • ސަރުކާރުގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައި ދެވޭނެއެވެ.
  • އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ، ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ އެކްރެޑިޓް ކުރެވިފައިވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

ފޯމު ފޮނުއްވަންވީ ތާރީޚު: 2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން ޤައުމީ ކުތުބުޚާނާ އަށް. (މެދުޒިޔާރަތްމަގަށް ހުންނަ ދާރުލްއާސާރުގެ އިމާރާތް)

ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (ޤައުމީ ކުތުބުޚާނާގެ ކައުންޓަރުން، ވެބްސައިޓް www.nlm.gov.mv އިން އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ފޯމު ލިބެން ހުންނާނެއެވެ. )

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ، ރަސްމީ ގަޑީގައި، 3323943 ނަންބަރު ފޯނާއެވެ. 

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ