މަޤާމު
|
ޑިރެކްޓަރ، ރިފަރަލް އެންޑް މޮނިޓަރިންގ
|
ބޭނުންވާ އަދަދު
|
01
|
މަގާމުގެ ކްލެސިފިކޭޝަން: ޑިރެކްޓަރ
|
ރޭންކް: އީ.އެކްސް 1
|
މުސާރަ
|
މަހަކު -/8,835 ރުފިޔާ
|
ސަރވިސް އެލަވަންސް
|
މަހަކު -/2,000 ރުފިޔާ
|
ލިވިންގ އެލަވަންސް
|
މަހަކު -/4,000 ރުފިޔާ
|
އެހެނިހެން
|
މަޤާމުގެ ގޮތުން ދެވޭ ހާއްސަ އެލަވަންސްގެ ގޮތުގައި މި އޮތޯރިޓީގައި އަދާކުރާ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމަށް ޝަރުޠުކޮށް މުސާރައިގެ %35 ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.
|
މަސައްކަތް ކުރަންޖެހޭތަން
|
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
|
ތަޢުލީމާއި ތަޖުރިބާ
|
ސޯޝަލް ސައެންސްގެ ދާއިރާއިން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު އިޖުތިމާޢީ މަސައްކަތުގެ ދާއިރާއިން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. (ސޯޝަލް ސައެންސްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް އިސްކަން ދެވޭނެއެވެ).
|
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- އޮތޯރިޓީގެ ރިފަރަލް އެންޑް މޮނިޓަރިންގ ޑިވިޝަން ޤާއިމުކުރުމުގެ ފަންނީ މަސައްކަތްތައް ބޯޑު އަދި ސީ.އީ.އޯގެ އިރުޝާދާއެކު ކުރުން.
- އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި މަސައްކަތްތައް ކުރިއަށްގެންދާނޭގޮތާއި ކަމާގުޅުންހުރި މުއައްސަސާތަކާއެކު މަސައްކަތްކުރާނޭ ގޮތްތައް ރާވައި މި މަސައްކަތްތައްކުރުން.
- އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާއި، އިންސާފު އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތައްކުރުން.
- އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގައި އަނިޔާ ކުރާ ފަރާތްތަކާއެކު މަސައްކަތްކުރާނޭގޮތްތައް ރާވައި މި މަސައްކަތްތައްކުރުން.
- އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތެރެއިން ކަމާގުޅުންހުރި އެހެން މުއައްސަސާތަކަށް ހުށަހަޅަންޖެހޭ މައްސަލަތައް މުއައްސަސާތަކަށް ރިފަރކުރުމުގެ މަސައްކަތްތައް ކުރުން.
- އޮތޯރިޓީން އެހެން މުއައްސަސާތަކަށް ރިފަރކުރާ މައްސަލަތައް މޮނިޓަރކޮށް، އަޅަންޖެހޭ ފިޔަވަޅު އެޅުން.
- އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ މަޢުލޫމާތު ހަމަޖެހިފައިވާ އުސޫލުން ރިކޯޑުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
- އޮތޯރިޓީއަށް ރިޕޯޓުކުރާ މައްސަލަތަކުގެ ތަފާސްހިސާބު އެއްކުރުން.
- އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ މަސައްކަތްތައްކުރުން.
- އޮތޯރިޓީގެ އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ހިއްސާކޮށް އަހަރީ ރިޕޯޓު ތައްޔާރުކުރުމުގައި އެހީތެރިވުން.
- މަތީގައިވާ ކަންތައްތަކުގެ އިތުރުން ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްކުރުން.
|
މިމަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މަޢުލޫމާތު ހުށަހަޅަން ވާނެއެވެ.
- މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު.
- ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީލިޔުމެއް
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ވަޒީފާ އަށް އެދޭފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވީޓާ)
- މިހާރު ސިވިލް ސަރވިސްގެ ވަޒީފާގައި ހުރި މުވައްޒަފެއްނަމަ، ފުރިހަމަކޮށްފައިވާ "މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ ނަތީޖާއާއި ހާޒިރީ އަދި މަސައްކަތު އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު"
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ، މަސައްކަތް ބެލެހެއްޓެވި އިސް މުވައްޒަފަކު ނުވަތަ ސުޕަރވައިޒަރަކު އެފަރާތުގެ މަސައްކަތާމެދު ދެކޭގޮތުގެ (ރިކޮމެންޑޭޝަން ލެޓަރ) ލިޔުމެއް (އޮޕްޝަނަލް)
|
އިތުރު މަޢުލޫމާތު:
- މި މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- މިވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ދިނުމަށްފަހު ހާޒިރީއާއި މަސައްކަތުގެ ފެންވަރަށް ބަލައި ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
- މިމަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ އަދި މަސައްކަތުގެ ފެންވަރާއި ހުނަރާއި ޤާބިލުކަމަށް ބަލައި ކުރެވޭ އިންޓަވިއުއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތެއްގެ ކުށުގެ ރެކޯޑް ސާފުކުރުމަށްފަހު ވޭތުވެދިޔަ 5 އަހަރު ދުވަހު އެއްވެސް ކުށުގެ ރިކޯޑެއް ނުވާނަމައެވެ.
- އޮތޯރިޓީގެ ވަޒީފާތަކަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަޒީފާތަކެކެވެ.
- މިމަޤާމަށް އެދިލައްވާ ފަރާތްތަކުން ވަޒިފާއަށް އެދޭ ފޯމު ފުރިހަމަކުރައްވާ ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 14 އެޕްރީލް 2014 ވަނަދަހުގެ 14:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ.ފުލިދޫގެ 2 ވަނަ ފަންގިފިލާ، ކަލާފާނު ހިނގުން) ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: - ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުން http://fpa.gov.mv/downloads/FPA-Job-Application-latest.pdf
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
ފޯން: 3010551
ފެކްސް: 3010552
އީ-މެއިލް: [email protected]
ވެބްސައިޓް: www.fpa.gov.mv
ފޭސްބުކް: www.facebook.com/fpa.maldives
|