ދިވެހިރާއްޖެ
(IUL)38-AC/38/2024/119 :ނަންބަރ
އިޢުލާން
ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ
މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2024/53 އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، އެފަރާތްތައް ރަޖިސްޓަރީކުރުމުގެ ފުރުޞަތު 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފީމެވެ.
ވީމާ، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވޯޓުލުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތައް 2024 ފެބުރުވަރީ 20 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅުއްވައި ރަޖިސްޓަރީކުރުމަށް ދަންނަވަމެވެ. 1414 ގެ ޚިދުމަތްދޭ ވަގުތުތަކަކީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ހަވީރު 6:00 ގެ ނިޔަލަށެވެ. ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލެވޭނީ މި މުއްދަތުގައި ރަޖިސްޓަރީ ކުރާ މީހުންނަށެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.