މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުތަކަށް އާއްމުންގެ ހިޔާލު ހޯދުމާއި ގުޅޭ

ކުނި މެނޭޖުކުރުމާއި ބެހޭ ގަވާއިދުތަކަށް އާއްމުންގެ ހިޔާލު ހޯދުމާއި ގުޅޭ

 

     މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަރަންމަންޓް އެންޑް އެނަރޖީ ނަންބަރު WMPC/CIR/2024/1-438 ސާކިއުލަރއާ ހަވާލާދީ ދަންނަވަމެވެ.

       ކުނިމެނޭޖުކުރުމުގެ ޤާނޫނު ނަންބަރު 2022/24 ގެ ދަށުން އެކުލަވާލަންޖެހޭ ގަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނަރޖީ އިން ކުރައްވަމުން ގެންދަވާކަމުގައި އެ މިނިސްޓްރީއިން ވަނީ އަންގަވާފައެވެ. އެގޮތުން، ކުނި މެނޭޖުކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ގަވާޢިދުތައް (ކުނި މެނޭޖުކުރުމުގެ ޢާއްމު ގަވާޢިދު، ކުނި މެނޭޖުކުރުމުގެ ޚިދުމަތްދިނުމުގެ ގަވާއިދު އަދި އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާގެ ގަވާއިދު) ވަނީ ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލެވިފައެވެ.

       ތިރީގައިވާ ލިންކުތަކުން ޢާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލެވިފައިވާ ގަވާޢިދުތައް ލިބިލައްވާނެއެވެ. އަދި ލިންކުތަކުގައި އެޓޭޗް ކުރެވިފައިވާ ކޮމެންޓް ޓެމްޕްލޭޓް މެދުވެރިކޮށް 2024 ފެބްރުއަރީ 13 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ.

ކުނި މެނޭޖުކުރުމުގެ އާންމު ގަވާއިދު: https://shorturl.at/uvHOX

ކުނި މެނޭޖުކުރުމުގެ ޚިދުމަތް ދިނުމުގެ ގަވާއިދު: https://shorturl.at/svU38

އުފެއްދުންތެރިންގެ ދެމިގެންވާ ޒިންމާގެ ގަވާއިދު: https://shorturl.at/nFIJ9

 

      ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ފެބުރުވަރީ 2024
ހޯދާ