ދިވެހިރާއްޖެ
ކޮންޓެކްޓް އުސޫލުން 1 އަހަރު ދުވަހުގެ މުއްދަތައް މިރަށުގެ އިޖްތިމާޢީ ސަރަހައްދުތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 23 ޖަނަވަރީ 2024މ. ކުރެވުނު މިކައުންސިލުގެ އިޢުލާން ނަމްބަރު: (IUL)456-ESMSC/456/2024/8 އިޢުލާނަށް، އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް އަންދާސީހިސާބު ހުށަހަޅާފައި ނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބް ހުށަހެޅުމަށް ދަންނަވަމެވެ.
ބިޑުއިވެލުއޭޓްކުރުމުގައި ޕޮއިންޓް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލު:
އަގު |
ޖަމިއްޔާ/ޖަމާއަތެއްނަމަ |
ޖުމްލަ ޕޮއިންޓް |
75 |
25 |
100 |
ބިޑު ކާމިޔާކުރާފަރާތަކީ މި އުޞޫލުން އެންމެ ގިނަ ޕޮއިންޓް ލިބޭފަރާތެވެ.
މަޢުލޫމާތުސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހިގެން އަންނަ ފަރާތްތަކުގެ ބިޑުބަލައި ނުގަނެވޭނެއެވެ. އަދި ހުށަހަޅަންޖެހޭ ލިޔުންތަކާއި މަޢުލޫމާތު ފުރިހަމަނުވާ ބިޑުތައް ބާތިލް ކުރެވޭނެވާހަކަވެސް ދެންނެވީމެވެ. މި އިއުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިއިދާރާގެ ނަމްބަރ 6800730 ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.