ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އިންޖިނިއަރ (ސިސްޓަމް ސަޕޯޓް)

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ސޮފްޓްވެއަރ އިންޖީނިއަރިން ޑިޕާރޓްމަންޓް

މަޤާމް:

އެސިސްޓެންޓް އިންޖިނިއަރ (ސިސްޓަމް ސަޕޯޓް)

ބޭނުންވާ ޢަދަދު:

1

މުސާރަ:  

-/10,500ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުމާއި އެކު (ޑިގްރީ ޙާޞިލްކުރި ފަހުން 02 އަހަރު ދުވަހުގެ ތަޖްރިބާ ހިމެނޭހެން) މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 05 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • ތިރީގައިވާ ދާއިރާތަކުން ޕްރޮޕެޝަނަލް ސެޓިފިކޭޝަން ނުވަތަ ތަޖުރިބާ ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެ:
  • ERP ސިސްޓަމްސް
  • މައިކްރޯސޮފްޓް ވިންޑޯރސް ސާވާ (Microsoft Windows Server)
  • ލިނަކްސް ސާވާ (Linux Server)
  • އެންޓަރޕްރައިޒް ވާރޗުއަލައިޒޭޝަން ސޮލިއުޝަންސް (Enterprise Virtualization Solutions)
  • އެންޓަރޕްރައިޒް ބެކަޕް ސޮލިއުޝަންސް (Enterprise Backup Solutions)

ދާއިރާގެ މައިގަޑު މަސައްކަތް:

  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަން ކޮންފިގަރ ކޮށް، ބަލަހައްޓާ، އައިޓީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުން.
  • ސަރވަރ ކޮމްޕޯނަންޓްތަކާއި ސޮފްޓްވެއަރތައް އިންސްޓޯލްކޮށް އަޕްގްރޭޑްކޮށް، ވަރޗުއަލް ސަރވަރތައް މެނޭޖްކޮށް، އޮޓޮމޭޝަން ޕްރޮސެސްތައް އިންޓަގްރޭޓްކުރުން.
  • ތަންފީޒުކުރެވިފައިވާ ހުރިހާ ނިޒާމުތަކަށް ބޭނުންވާ ލިޔެކިޔުންތައް އުފައްދައި ދެމެހެއްޓުން.
  • ސަރވަރ އިންފްރާސްޓްރަކްޗަރ ހަރުދަނާ ގޮތެއްގައި އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި ތާޑް-ޕާޓީ ޕްރޮވައިޑަރސް އާއި ގުޅިގެން މަސައްކަތް ކުރުން.
  • ސްޓެލްކޯ އައި.ޓީ ސިސްޓަމްތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްތަކާއި، ޕޮލިސީތަކާއި، ޕްރޮސީޖަރތައް ތަންފީޒުކުރުން.
  • އައި.ޓީ އިންފްރާސްޓްރަކްޗަރގެ އަޕްގްރޭޑްތައް ރާވައި ތަންފީޒުކުރުމަށް ބޭނުންވާ ލިޔެކިޔުމާއި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ފޯރުކޮށްދިނުން.
  • ކުންފުނީގެ ސާވާތަކާއި ވާޗުއަލައިޒޭޝަންގެ ޚިދުމަތްތަކާބެހޭ އެންމެހާ ލިޔެކިޔުންތައް ތައްޔާރުކޮށް ބެލެހެއްޓުން.
  • ގަވާއިދުން ބެކަޕް އޮޕަރޭޝަންތައް ހިންގުމާއި، ޑޭޓާ ރައްކާތެރިކުރުމާއި، ޑިޒާސްޓަރ ރިކަވަރީ އަދި  ފެއިލްއޯވަރ ޕްރޮސީޖަރތައް ތައްޔާރުކޮށް، އަދާހަމަކޮށް ބަލަހައްޓާ، ތަންފީޒުކުރުން.
  • އެކްޓިވް ޑައިރެކްޓްރީ ސިސްޓަމްތައް ބެލެހެއްޓުން.
  • ERP ސިސްޓަމް ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

11 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 11 ފެބުރުވަރީ 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާއަކީ 01 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާތަކެކެވެ. އަދި 01 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިމަޤާމްތަކަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ނުވަތަ ޝަރުތު ހަމަވެ ޝޯޓްލިސްޓް ވާ ފަރާތްތަކާއި އިންޓަވިއުކޮށް ޝޯޓްލިސްޓް ވި ފަރާތްތަކުގެ ތެރޭގައި ވަޒީފާއަށް އެކަށީގެންވާ ފަރާތެއް ނެތް ނަމަ ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

24 ރަޖަބު 1445

05 ފެބުރުވަރީ 2024

05 ފެބުރުވަރީ 2024
ހޯދާ