މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު - މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ

އިއުލާން ނަމްބަރު:(IUL)475/475/2024/19

ވަޒީފާގެ ފުރުސަތު

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު'  ޕްރޮޖެކްޓަށް މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް 23 ޖަނަވަރީ 2024 ގައި ކުރެވުނު ނަންބަރު (IUL)475/475/2024/9 އިއުލާނަށް އެޕްލިކޭޝަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއް ޝަރުތުހަމަވެފައިނުވާތީ، އެ އިއުލާން ބާތިލްކޮށް 'މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު'  ޕްރޮޖެކްޓަށް މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ މަޤާމަށް މީހަކު ހޯދުމަށް އަލުން އިއުލާންކުރަމެވެ.

މަޤާމް: މޮނިޓަރިންގ އެންޑް އިވެލުއޭޝަން އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް)

 

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މުސާރަ ކަނޑައެޅިފައިވާ ގޮތް އަދި މަސައްކަތް ކުރަންޖެހޭ މުއްދަތު  ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް  3026982/3026975 އަށް ގުޅުއްވުން އެދެމެވެ.

 

ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2024 ގެ މެންދުރު 12:00  ގެ ކުރިން، އަންނަނިވި ލިޔެކިޔުންތައް ހިމެނޭގޮތަށް، ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް/އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

     

ހުށަހަޅުއްވާއެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަށް.

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް
  2. ސީ.ވީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓް ކޮޕީ
  4. އެކްރެޑިޓް ކުރެވިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރތަކުގެ ކޮޕީ

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއިހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާ

ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީ.އެމް.ޔޫ)،

އުމަރު ޒާހިރު ބިލްޑިން،5 ވަނަ ފަންގިފިލާ

އީމެއިލް : [email protected]  ފޯން: 3026975/3026982

 

މަޤާމަށް ހޮވުން:  - މި މަޤާމަށް ހޮވޭނީ ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު އިންޓަރވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، ޖޫން 2016 " ގައި ވާ ގޮތުގެ މަތިންނެވެ.

05 ފެބުރުވަރީ 2024
ހޯދާ