ދިވެހިރާއްޖެ
ރ.އިނގުރައިދޫ ޕިކްނިކް އޭރިއާ ސަރަޙައްދު ސާފުކޮށް، މަރާމާތުކޮށް ބެލެހެއްޓުމަށް މިއިދާރާއިން ކުރެވިފައިވާ ނަންބަރު (IUL)309-ESM/309/2024/15 އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. އެގޮތުން ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތަކަށް އެއްވެސް ކުއްޔަކާއިނުލާ 15 ފޫޓު 10 ފޫޓު ގެ ޖާގައެއް އަމިއްލައަށް ހަދާގޮތަށް (ގާޑިޔާ/ ޓޭކްއަވޭ) ވިޔަފާރި ކުރުމަށް 5 އަހަރުގެ މުއްދަތަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޝަރުޠުތައް:
- ދުވާލަކު އެއްފަހަރު ކުނިކެހުން.
- ކުނި ގެންދިއުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް (ވޭސްޓް މެނޭޖްމަންޓް ސެންޓާރ) ކަނޑައެޅިފައިވާ ދުވަސްތަކުގައި ކުނިއުކާލުން.
- ފެހި މާހައުލަކަށް ހެދުމަށްޓަކައި ގަސް އިންދާ ބެލެހެއްޓުން.
- ތަނުގެ ކުދި ކުދި މަރާމާތުކުރުން.
ޕްރޮޕޯސަލްގައި ހިމަނަންޖެހޭ މައިގަނޑު ބައިތައް އަދި އެބައިތަކަށް މާކްސް ދެވޭނެ މިންވަރު:
# |
މައިގަނޑު ބައިތައް |
މާކްސް (0) |
1 |
އަހަރެއްގެ މައްޗަށް މަރާމާތަށް ހޭދަކުރެވޭނެ މިންވަރު |
50 |
2 |
5 އަހަރުތެރޭ ޕިކްނިކް އޭރިއާ ތަރައްޤީކުރުމަށް ކޮށްދޭނެ ކަންކަން ( އަހަރަކު ކޮށްދޭނެ ކަންކަމާއި އެކަމަށްކުރާނެ ޚަރަދު ވަކިވަކިން ހިމަނަންވާނެއެވެ.) |
50 |
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 11ފެބުރުވަރީ 2024 ވާ އާދިއްތަ ދުވަހުގެ 13:15 ގެ ކުރިން އިނގުރައިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިކަމާއިގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯނު ނަންބަރު: 6580028
އީ-މެއިލް: [email protected]