ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަތަފަންދޫ މަސްޖިދުލް ރަޙްމާނުގެ ހުރި ހުރިހާ ފެންލައިޓުތަށް ބަންދުކުރުމާއި މައިދޮރުގެ ދޮރުފަތް ދެފަރާތަށް ހުޅުވޭގޮތަށް އެލްމެނިއަމް ދޮރަށް ބަދަލުކޮށް މިސްކިތުގައި 20 އެއާކޯން ހަރުކުރެވޭގޮތަށް ކަރަންޓް ވަޔަރުކޮށްދޭނެ ފަރާތެއް ހޯދުން.

އިޢުލާން

ރަތަފަންދޫ މަސްޖިދުލް ރަޙްމާނުގެ ހުރި ހުރިހާ ފެންލައިޓުތަށް ބަންދުކުރުމާއި މައިދޮރުގެ ދޮރުފަތް ދެފަރާތަށް ހުޅުވޭގޮތަށް އެލްމެނިއަމް ދޮރަށް ބަދަލުކޮށް މިސްކިތުގައި 20 އެއާކޯން ހަރުކުރެވޭގޮތަށް ކަރަންޓް ވަޔަރުކޮށްދޭނެ ފަރާތެއް ހޯދުން.

 

ރަތަފަންދޫ ރަޙްމާން މިސްކިތް އޭސީކުރުމަށްޓަކައި މިސްކިތް ތައްޔާރުކުރުމަށް ކުރަންޖެހޭ މަސައްކަތް ތައް ކޮށްދޭނެފަރާތެއް ހޯދަން ބޭނުވެއެވެ.

ރަތަފަންދޫ ރަޙްމާން މިސްކިތުގައި ކުރަން ހުރިމަސައްކަތްތައް :

1-    މިސްކިތުގައި ހުރި ހުރިހާ ފެންލައިޓްތަށް 2mm އެލްމެނިއަމް ފިލާ ބޭނުންކޮށްގެން ސިލިކޯންއަޅައި ރިވެޓްޖަހައި ބަންދުކުރުން

2-    މިސްކިތަށް މިހާރު ވަންނަ މައި ދޮރު ދެފަރާތަށް ހުޅުވޭ އެލްމެނިއަމް ދޮރަކަށް ބަދަލުކޮށް ޓޯކުލޯޒަރ ހަރުކުރުން  

3-    މަސްކިތުގައި 20 އެއަރ ކޯން ހަރުކުރެވޭ ގޮތަށް ކަރަންޓް ވައިރިން ކޮށްދިނުން

  ވީމާ، މިމަސައްކަތް އަމިއްލަތަކެތީގައި  ކޮށްދިނުމަށް ޝައުޤު ވެރިވެލައްވާފަރާތްތަކުން 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެދުނު 10:00 އަށް ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 14 ފެބްރުއަރީ 2024 ބުދަ ދުވަހުގެ ހެނދުނު 11:00 އަށް އެސްޓިމޭޓު ހިއްޕަވައިގެން ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މާކްސް ދެވޭގޮތުގެ ތަފްސީލު:

 

#

މާރކްސްދެވޭނެ ކްރައިޓީރިއާ

މާރކްސް ދެވޭގޮތް

ތަފްޞީލް

1

އަގު

60%

އެންމެ ގިނަމާކްސް ލިބޭނީ ހުށަހެޅޭ އެންމެ ކުޑައަގަކަށެވެ.

2

ތަޖުރިބާ   

20%

އެންމެ ގިނަ މާކުސް ލިބޭނީ އެންމެ ގިނައިން މަސައްކަތްކޮށް ތަޖުރިބާލިބިފައިވާ ކަމުގެ ހެކިތައް ހުށަހަޅާ ފަރާތަކަށެވެ.

3

މުއަދަތު 

20%

އެންމެ ގިނަމާކުސް ލިބޭނީ އެންމެ ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށެވެ.

 

 

 

 

 

 

 

 

 

 

ޕްރޮޕޯސަލާ އެކު ހުށަހަޅަން ޖެހޭ ލިޔުންތައް

1-      ރަޖިސްޓްރީވެގެން ހިންގާ ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީއާއި އަހަރީ ފީދައްކާފައިވާ ރަސީދުގެ ކޮޕީ

2-      އަމިއްލަފަރާތެއްނަމަ އައިޑީކާޑުގެ ކޮޕީ އާއި ފަރުދުންގެ ރަޖިސްޓްރީގެ ކޮޕީ

3-      ކޮމްޕެނީގެ ޕްރޮފައިލް

މިއިދާރާއިން  ބަލާނެ ކަންތައްތައް

1-      ރަޖިސްޓްރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ؟

2-      އަމިއްލަ ފަރުދެއްނަމަ އެފަރާތަކީ  ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތެއްތޯ އާއި ކަމަށް އެކަށީގެންވާ ފަރާތެއްތޯ؟

            05 ފެބްރުއަރީ 2024

05 ފެބުރުވަރީ 2024
ހޯދާ