ދިވެހިރާއްޖެ
މަޤާމު: އެސިސްޓެންޓް ޑިރެކްޓަރ، ލީގަލް
ޑިޕާޓްމަންޓް: ލީގަލް އެފެއާރޒް
އަދަދު: 1
ތަޢުލީމީ ފެންވަރާއި ތަޖުރިބާ:
- ޤާނޫނީ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވުން. ނުވަތަ,
- ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ކޮންޓްރެކްޓް އަދި ޤާނޫނީ ލިޔެކިޔުންތައް ދިވެހި ބަހުން އަދި އިނގިރޭސި ބަހުން ޑްރާފްޓްކުރުން.
- ޤާނޫނާއި ގަވާއިދުތަކަށް އަންނަ ބަދަލުތައް ބަލައި އެ ބަދަލުތަކާ އެއްގޮތައް މި ކޯޕަރޭޝަންގެ ގަވާއިދުތަކާއި އުސޫލުތައް ބަދަލުކުރުން.
- މި ކޯޕަރޭޝަނާ ދެމެދު ވެވިފައިވާ އެއްބަސްވުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއަޅައި އަދި ދައުވާ ކުރަންޖެހޭ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.
- ސަރުކާރުގެ އިދާރާތަކާއި އިންވެސްޓަރުން އަދި މިނޫންވެސް އެހެން ފަރާތްތަކުގައި ޤާނޫނީގޮތުން މި ކޯޕަރޭޝަން ތަމްސީލުކުރުން.
- މެނޭޖްމަންޓާއި އަދި ވަކިވަކި ޑިޕާޓްމަންޓްތަކުން އެދިއްޖެ ހާލަތެއްގައި ޤާނޫނީ ލަފާ ފޯރުކޮށްދިނުން.
- ޤާނޫނީ ލިޔެކިޔުންތައް ދިވެހި ބަހަށް ނުވަތަ އިނގިރޭސި ބަހަށް ތަރުޖަމާކުރުން.
- ޑިޕާޓްމަންޓްގެ އިސް ވެރިޔާގެ އިރުޝާދާއެކު ޑިޕާޓްމަންޓްގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
- ޑިޕާޓްމަންޓްގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްކުރުން.
ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލުކަން:
- ޤާނޫނާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އެއްޗެއް ދޭހަކޮށްދޭން އެނގުން.
- ޤާނޫނީ ލިޔެކިޔުންތައް ދިރާސާކޮށް ލަފާދޭން އެނގުން.
- ޤާނޫނީގޮތުން މި ކޯޕަރޭޝަން އެކިފަރާތްތަކުގައި ތަމްސީލުކުރުމުގެ ޤާބިލުކަން ހުރުން.
- އެމް.އެސް. އޮފީސް ޕެކެޖް ބޭނުންކުރަން އެނގުން.
- ދިވެހި ބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތުކުރަން އެނގުން.
މުސާރަ: 12120.00 ރުފިޔާ (އެލަވަންސްތަކާއެކު މަދުވެގެން 21200.00 ރުފިޔާ ލިބޭނެއެވެ.)
މި ވަޒީފާއަށް މުވައްޒަފުން އައްޔަން ކުރެވޭނީ 1 (އެކެއް) އަހަރު ދުވަހަށް، ކޮންޓްރެކްޓް އުސޫލުންނެވެ. އަދި އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް ހަމަވުމުން މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބަލައި، އެކަށީގެންވާ ފެންވަރަކަށް މަސައްކަތްކޮށްފައިވާނަމަ ކުންފުނީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
މި ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަނަވަރާއި އަދި އެޓެސްޓެޑް ސެޓްފިކެޓްތަކުގެ ކޮޕީ، ކުރިން ވަޒީފާއަދާކޮށްފައިވާ ތަންތަނުގެ ރިފަރެންސް ސިޓީތަކުގެ ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަކަލާއެކު 14 އެޕްރީލް 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން މިއޮފީހަށް ފޮނުއްވުން އެދެމެވެ. ވަޒީފާއަށް އެދޭފޯމު މިކޯޕްރޭޝަނުގެ މައިއޮފީހުންނާއި މާލެއޮފިހުން އަދި މިކޯޕަރޭޝަންގެ ވެބްސައިޓް www.hdc.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
1 ވަނަ ފަންގިފިލާ،އެމް.ޓީ.ސީ.ސީ ފެރީ ޓާރމިނަލް
މާލެ، ދިވެހިރާއްޖެ
ފޯނު:3336755
ފެކްސް : 3335892 ނުވަތަ،
3 ވަނަ ފަންގިފިލާ،އެޗް.ޑީ.ސީ. ބިލްޑިންގ
ހުޅުމާލެ، ދިވެހިރާއްޖެ
ފޯނު: 3353535
ފެކްސް: 3358892