ދިވެހިރާއްޖެ
2024 ފެބްރުއަރީ 14 އިން 17 އަށް ގދ. ގައްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހި ސަރފް ލީގްގެ މިއަހަރުގެ އެންމެ ފުރަތަމަ މުބާރާތް، "ކަޅެގަލެކޮޑާ" 2024 ކުރިޔަށްދާ މުއްދަތުގައި، މުބާރާތުގެ އޮފިޝަލުންނާއި، އެތުލީޓުންނަށް ކޭޓަރިން ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލަމެވެ. ވިމާ މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
v މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓް މިއިއުލާނާއާއި އެކު ހިމެނިފައިވާނެއެވެ.
v މިމަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ 05 ފެބުރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:00ގެ 7905301 އަށް ގުޅުއްވުން އެދެމެވެ.
v ކޯޓޭޝަން ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 08 ފެބުރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00އެވެ. ކޯޓޭޝަން ހުށަހަޅާނީ ކައުންސިލްގެ އީމެއިލް [email protected] މެދުވެރިކޮށް ނުވަތަ އިދާރާއަށް ދުރުވެގެންނެވެ.