އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ އިމާރާތާއި ގޯތީތެރޭގައި ހިމެނޭ އެންމެހައި ތަކެތީގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)7-ADMN/1/2024/5އިޢުލާނުގެ މަޢުލޫމާތައް ބަދަލު އައިސްފައިވާތީ އެ އިޢުލާނު ބާތިލުކޮށް ތިންވަނަ ފަހަރަށް އިޢުލާނުކުރަމެވެ. މި ދެންނެވުނު މަސައްކަތް ކޮށްދޭނެ ފަރާތަށް ހޯދުމުގައި ޕޮއިންޓު ދޭނެ އުޞޫލާއި އަދި ބީލަމާ ބެހޭ އިތުރު މަޢުލޫމާތު މި އިއުލާނާއެކު ވަނީ ހިމެނިފައެވެ. މި ބީލަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިތަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އިމާރާތާ ގޯތި ބެއްލެވުމަށް 5 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހާ 11 ފެބުރުވަރީ 2024 ވާ އާދީއްތަ ދުވަހާ ދެމެދު ކޮންމެ ރަސްމީ ދުވަހަކު 9:00 އާއި 14:00 އާ ދެމެދު މި އޮފީހުގެ ފޯން ނަންބަރު 3348225 ނުވަތަ 3323939 އަށް ގުޅުއްވާ ވަގުތު ހަމަޖެއްސެވުމަށް ފަހު އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. އަދި އަންދާސީހިސާބު ހުށަހެޅުއްވުމަށް 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 14:00 އައްޑޫ ސިޓީ ހިތަދޫގައި ހުންނަ މި އޮފީހުގެ އިމާރާތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާ ދުވަހުގެ 14:00 ގެ ފަހުން އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 12 ފެބުރުވަރީ 2024 ވާ ހޯމަ ދުވަހުގެ 12:00 ކުރިން[email protected]  އީމެއިލްއަށް ސުވާލުތައް ފޮނުއްވުން އެދެމެވެ.

04 ފެބުރުވަރީ 2024
ހޯދާ