ދިވެހިރާއްޖެ
ފާދިއްޕޮޅު އަތޮޅުކައުންސިލްގެ އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން
ފާދިއްޕޮޅު އަތޮޅު ކައުންސިލް އިދާރާގެ ވެބްސައިޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި ނަންބަރު:IUL)231-AH/231/2015/23) އިޢުލާނާ ގުޅިގެން ބިޑް ބައްލަވައިގެންފައިވާ ފަރާތްތައް މަދުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކުރުމަށްފަހު، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރީމެވެ. މި އިދާރާއިން ކުރި ނަންބަރު:IUL)231-AH/231/2015/23) އިޢުލާނާ ގުޅިގެން ބިޑް ބައްލަވައިގަތް ފަރާތްތަކުން އަލުން ބިޑް ބައްލަވައިގަންނަވަން ނުޖެހޭނެ ވާހަކަ ދެންނެވީމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ބިޑް ބައްލަވައިގެން، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ބިޑް ޑޮކިއުމަންޓްސް ވިއްކުން 07 އެޕްރީލް 2015 (އަންގާރަ) ދުވަހުން ފެށިގެން 13 އެޕްރީލް 2015 (ހޯމަ) ދުވަހުގެ ހެނދުނު 8:30 އިން 12:30 އަށް ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ޕްރީބިޑް މީޓިންގ 13 އެޕްރީލް 2015 (ހޯމަ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ބިޑް އޯޕަން މީޓިންގ 19 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 14:00 ގައި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި |
ބިޑް ޑޮކިއުމެންޓެއްގެ އަގަކީ -/30 ރުފިޔާއެވެ.
ބިޑް ހުށަހެޅޭނީ ބިޑް ގަތްފަރާތެއްގެ ނަމުގައެވެ. ބިޑް ބައްލަވައިނުގަންނަވާ ފަރާތްތަކުން ޕްރީބިޑް މީޓިންގގައި ބައިވެރިނުވެވޭނެ ވާހަކަ ދެންނެވީމެވެ.