ދިވެހިރާއްޖެ
`
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ގއ. ކޮނޑޭ ، ދިވެހިރާއްޖެ
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ. ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލު
ތަޢާރަފާއި ނަން |
މިއީ، ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ. ކޮނޑޭއިން ބިން ދޫކުރުމުގައި ބޭނުންކުރާނެ އުޞޫލެވެ. މި އުޞޫލަށް ކިޔާނީ " ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ. ކޮނޑޭއިން ބިން ދޫކުރުމުގެ އުޞޫލު" މިހެންނެވެ. މި އުޞޫލުގެ ބޭނުމަށްޓަކައި ބިން ދޫކުރުމުގެ ތެރޭގައި އަންނަނިވި ގޮތްތަކަށް ބިން ދޫކުރުން ހިމެނެއެވެ. |
||
(ހ) |
ބިން ކުއްޔަށް ދޫކުރުން |
||
(ށ) |
ހިންގައި ބެލެހެއްޓުމަށް ބިން ޙަވާލުކުރުން |
||
އުޞޫލު ހިންގާ ތަންފީޒުކުރާ ފަރާތް |
މި އުޞޫލު ހިންގާ ތަންފީޒުކުރުމުގެ އެންމެހާ ކަންކަން ކުރިޔަށް ގެންދާނީ ގއ. ކޮނޑޭ ކައުންސިލްގެ އިދާރާއިންނެވެ. |
||
މަޤްސަދު |
މިއީ، ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ.ކޮނޑޭއިން ބިން ދޫކުރުމުގައި ދެފުށް ފެންނަ ގޮތަކަށް ޢަމަލުކުރުމަށާއި، ވިޔަފާރިވެރިން އިތުރުކުރުމަށާއި އަދި ކައުންސިލްގެ އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ އުޞޫލެކެވެ. |
||
ވިޔަފާރީގެ ބޭނުމަށް ދޫކުރެވޭނެ ބިންތައް |
(ހ) |
ވިޔަފާރީގެ ބޭނުމަށް ބިން ކުއްޔަށް ދޫކުރެވޭނީ ތިރީގައި މިވާ މަސައްކަތްތައް ކުރުމަށެވެ. |
|
|
|
|
(1) ސައިހޮޓާ، ކެފޭ، ކެންޓީން، ރެސްޓޯރަންޓް ހިންގުމަށް (2) ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމަށް (3) މަސްމާރުކޭޓު ހިންގުމަށް (4) އައިސް ޕްލާންޓް ހިންގުމަށް (5) ތެލުގެ ވިޔަފާރިކުރުމަށް (6) ދިރޭތަކެތި ގެންގުޅުމަށް (7) ބީލަމުގެ އުޞޫލުން ދަނޑުވެރިކަންކުރުމަށް (8) ގެސްޓް ހައުސް ވިޔަފާރި (9) އިސްވެ ބަޔާންކުރެވުނު ބޭނުންތަކުގެ އިތުރަށް ވިޔަފާރީގެ ބޭނުމަށް ބިމެއް ކުއްޔަށް ދޭން ބޭނުންވެއްޖެ ޙާލަތެއްގައި ލޭންޑް ޔޫސް ޕްލެނާ ޚިލާފުނުވާނެ ގޮތަކަށް އެ ބޭނުމަކަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
ސިނާޢީ ބޭނުމަށް ދޫކުރެވޭނެ ބިންތައް |
(ހ) |
ސިނާޢީ ބޭނުމަށް ބިން ކުއްޔަށް ދޫކުރެވޭނީ ތިރީގައި ތިރީގައި މިވާ މަސައްކަތްތައް ކުރުމަށެވެ. (1) އުޅަނދުފަހަރު ބަނުމަށާއި، މަރާމާތުކުރުމަށާއި، އެކަމާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް (2) ސްޓޯރޭޖް އަދި ގުދަން އެޅުމަށް (3) އިސްވެ ބަޔާންކުރެވުނު ބޭނުންތަކުގެ އިތުރަށް ސިނާޢީ ބޭނުމަށް ބިމެއް ކުއްޔަށް ދޭން ބޭނުންވެއްޖެ ޙާލަތެއްގައި ލޭންޑް ޔޫސް ޕްލޭނާ ޚިލާފުނުވާނެ ގޮތަކަށް އެ ބޭނުމަކަށް ބިން އެކަށައެޅުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
ބިން ހޯދުމަށް އެދި ހުށަހެޅުން |
(ހ) |
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ބިން ހޯދުމަށް ހުށަހަޅާއިރު ތިރީގައި މިވާ ކަންކަން އެނގޭނެހެން ހުށަހަޅަންވާނެއެވެ. (1) ވިޔަފާރީގެ ޢަމަލީ މަސައްކަތް ފަށާނެ ތާރީޚް (2) ބިން ބޭނުންކުރާނެ ގޮތް |
|
|
|
(ށ) |
ވިޔަފާރިކުރުމަށް ބިން ހޯދުމަށް އެދި ހުށަހަޅަންވާނީ "ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ގއ. ކޮނޑޭއިން ބިމަށް އެދޭ ފޯމު" ން ނެވެ. |
|
|
(ނ) |
މި ފޯމުގެ އަގަކީ 500 (ފަސް ސަތޭކަ ރުފިޔާ) އެވެ. |
ވިޔަފާރި އަދި ސިނާޢީ ބޭނުމަށް ބީލަމުގެ އުޞޫލުން ބިން ދޫކުރުން |
(ހ) |
ބިން ދޫކުރެވޭނީ ބީލަމުގެ އުޞޫލުން އާންމުކޮށް އިޢުލާނުކޮށްގެންނެވެ. އަދި ބިން ދޫކުރުމަށް ކުރެވޭ އިޢުލާނުގައި އަންނަނިވި ކަންކަން ބަޔާންކުރަންވާނެއެވެ. (1) ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ މަޢުލޫމާތު (ބިން އޮތް ތަނާއި، ބިމުގެ ބޮޑު މިނާއި، ބިމުގެ ބާވަތާއި، ބިމުގައި ކުރެވޭ ބޭނުން) (2) ބިން ދޫކުރާ މުއްދަތު (3) ޕޮއިންޓް ދިނުމުގައި ޢަމަލުކުރާނެ ގޮތް (4) ފޯމު ހުށަހަޅަންޖެހޭ މުއްދަތު (5) ބިން ހޯދުމަށް އެދި ހުށަހަޅާ ފަރާތުގެ ކިބައިގައި ޚާއްޞަ ޝަރުޠުތަކެއް ފުރިހަމަވާން ޖެހޭނަމަ، އެ ޝަރުޠުތަކެއް (6) ބިން ދޫކުރުމަށް ބޭނުންވާ އެހެނިހެން މަޢުލޫމާތު |
|
|
|
(ށ) |
ބީލަންތައް ބަލައިގަނެ އިވެލުއޭޓްކުރާނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. |
|
|
(ނ) |
ވިޔަފާރި އަދި ސިނާޢީ ބޭނުމަށް ދޫކުރާ ބިންތައް ދޫކުރާނީ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިންނެވެ. |
ބީލަމަށް ހުޅުވާނުލާ ދޫކުރެވޭނެ ބިން |
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ކުއްޔަށް ދޫކުރާ ބިންތަކުގެ ތެރެއިން ބީލަމަށް ހުޅުވާނުލާ އަންނަނިވި ބޭނުންތަކަށް ބިން ދޫކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިފަދަ ބިންތައް ކައުންސިލުން ދޫކުރަންވާނީ އެބިމަކަށް އެދި ކައުންސިލްގެ އިދާރާއަށް ބިމަށް އެދޭ ފޯމު ހުށަހެޅުމުން ކައުންސިލުން ނިންމާގޮތެއްގެ މަތިންނެވެ. މިފަދަ ބިންތަކުގައި ބޮޑު އިންވެސްޓްމަންޓެއް ނުކުރެވޭނެއެވެ. އަދި މިފަދަ ބިންތަކުން ކުލި ނެގުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
||
|
|
(ހ) |
މަސް ކައްކާ ހިއްކުމާއި، ލޮނު އެޅުމާއި، ލަނޑާގެ މަސްވެރިކަމުގެ މަސައްކަތަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން |
|
|
(ށ) |
ކޮންޓްރެކްޓް މަސައްކަތް ކުރާ ވިޔަފާރި / ކުންފުނިތަކަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން |
|
|
(ނ) |
ޖަނަވާރު ގެންގުޅުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން |
|
|
(ރ) |
އޮޑިދޯނިފަހަރު ބަނުމަށާއި، މަރާމާތުކުރުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން |
|
|
(ބ) |
ކާބޯތަކެތި ވިއްކުމަށް ބޭނުންކުރާ ގާޑިޔާފަދަ ތަކެތި ހިންގުމަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަކަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަކަށް ދޫކުރާ ބިން |
|
|
(ޅ) |
އަމިއްލަ ފަރުދުންނަށް ދަނޑުވެރިކަމުގެ މަސައްކަތަށް 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދޫކުރާ ބިން |
ބިން ދޫކުރެވޭ މުއްދަތު |
(ހ) |
ވިޔަފާރި އަދި ސިނާޢީ ބޭނުމަށް ބީލަމުގެ އުޞޫލުން ދޫކުރާ ބިންތައް ކުއްޔަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 35 (ތިރީސް ފަހެއް) އަހަރަށެވެ. |
|
|
|
(ށ) |
ބިން ދޫކުރާނެ މުއްދަތު ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކުރަން ވާނެއެވެ. (1) ބިން ދޫކުރާ ބޭނުން (2) ދޫކުރާ ބިމުގައި ކުރުމަށް ކަނޑައަޅާފައިވާ އިންވެސްޓްމަންޓް (3) ދޫކުރާ ބިމުގައި ކުރާ އިންވެސްޓްމަންޓްގެ ސަބަބުން ރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ މަންފާތައް (4) ބިމުގެ ކުޑަބޮޑުމިން |
ބިން ދޫކުރެވޭ މުއްދަތު |
(ހ) |
ބިމެއްގެ މުއްދަތު އިތުރުކުރާއިރު، އެއިރެއްގެ މަރކެޓް ރޭޓަށާއި، މި މާއްދާގެ (ށ) ގައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ބިމުގެ ކުއްޔަށް ބަދަލުގެނައުމުގެ އިޚްތިޔާރު ގއ. ކޮނޑޭ ކައުންސިލަށް ލިބިގެންވެއެވެ. |
|
|
|
(ށ) |
ބިން ދޫކުރެވޭ މުއްދަތު އިތުރުކުރުމުގައި މާލިއްޔަތު ޤަވާޢިދާއި އެހެނިހެން ޤަވާޢިދުތަކަށް ރިޢާޔަތްކުރަންވާނެއެވެ. |
|
|
(ނ) |
މި އުޞޫލުގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ބިންތަކުގައި ކުރާ މަސައްކަތްތަކަށް ބެލުމަށްފަހު، ދަޢުލަތުގެ މާލިއްޔަތު ޤަވާއިދުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބިމުގެ މުއްދަތު އިތުރުކުރެވޭއިރު އެފަދަ ބިންތަކަށް އެދި އިތުރު ފަރާތްތަކުން ހުށަހަޅާފައިވާނަމަ މިކަމަށް ރިޢާޔަތްކުރަންވާނެއެވެ. |
އެއްބަސްވުން ހެދުމާއި އެއްބަސްވުން އުވާލުން |
(ހ) |
ބިން ކުއްޔަށް ދޫކުރެވޭނީ ބިން ކުއްޔަށް ހިފާ ފަރާތާއި، ގއ. ކޮނޑޭ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުއެވެ. |
|
|
|
(ށ) |
މި މާއްދާގެ (ހ)ގެ ދަށުން ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ. އަދި މީގެ އިތުރަށް ދައުލަތުގެ މާލިއްޔަތު ޤާނޫނާއި، މާލިއްޔަތު ޤަވާޢިދުގައި އެއްބަސްވުމުގައި ހިމަނަން ލާޒިމްކޮށްފައިވާ ކަންކަން ހިމަނަންވާނެއެވެ. (1) ބިން ދޫކުރެވޭ ފަރާތުގެ މަޢުލޫމާތާއި، ބިމާ ޙަވާލުވާ ފަރާތުގެ މަޢުލޫމާތު (2) ދޫކުރާ ބިމުގެ ތަފްޞީލް (3) ދޫކުރާ ބިމުގައި ކުރެވޭނެ ބޭނުން (4) ބިން ދޫކޮށްފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ބިން ބޭނުންކޮށްފިނަމަ އެޅޭނެ ފިޔަވަޅު (5) ބިން ދޫކުރާ މުއްދަތު (6) ކުލީގެ މިންވަރާއި، ކުލި ދައްކަންޖެހޭ ގޮތާއި، ކުލި ނުދައްކައިފިނަމަ ޖޫރިމަނާވާނެ މިންވަރާއި އެޅޭނެ ފިޔަވަޅު (7) ބިން ބޭނުންކުރަންވާނީ ޤާނޫނާއި، ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން (8) އެއްބަސްވުން ބާޠިލުކުރެވޭނެ ގޮތްތައް (9) އެއްބަސްވުމާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅު (10) ކުއްޔަށް ދޫކުރެވޭ ބިން ކުއްޔަށް ހިފާ ފަރާތް ނިޔާވެއްޖެނަމަ، އެބިމަކާމެދު ޢަމަލުކުރާނެ ގޮތް (11) ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދުތަކާއި، މާލިއްޔަތު ޤަވާޢިދުގެ ދަށުން ބިން ދޫކުރުމުގެ އެއްބަސްވުމުގައި ހިމެނުން ލާޒިމުކޮށްފައިވާ މިނޫން އެހެނިހެން ކަންކަން (12) ކުއްޔަށް ނަގާ ބިން އެހެން ފަރާތަކަށް ކުއްޔަށް ދޫކުރެވޭނެކަން ނުވަތަ ނޫންކަން (13) ބިން ކުއްޔަށް ދޫކުރުމަށް ބޭނުންވާނެ އެހެނިހެން މުހިއްމު މަޢުލޫމާތުތައް |
|
|
(ނ) |
މި އުޞޫލާ ޚިލާފުވެގެން ކުއްޔަށް ދޫކޮށްފައިވާ ބިން އަތުލެވޭ ހިނދު، ބިން ކުއްޔަށް ހިފާފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުން އުވާލަންވާނެއެވެ. |
ކުލި |
(ހ) |
ވިޔަފާރި އަދި ސިނާޢީ ބޭނުންތަކަށް ކުއްޔަށް ބިން ނަގާ ފަރާތުން އެއްބަސްވުމާ އެއްގޮތްވާ ގޮތުގެމަތިން ޤަވާޢިދުން ކުލި ދައްކަންވާނެއެވެ. |
|
ބިމުގައި ޢަމަލީ މަސައްކަތް ފެށުން |
(ހ) |
އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގެތެރޭގައި ޢަމަލީ މަސައްކަތް ފަށަންވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޢަމަލީ މަސައްކަތް ނުފަށައިފިނަމަ މަސައްކަތް ފެށުމަށް 2 (ދޭއް) މަސްދުވަހުގެ ނޯޓިސްއެއް ދޭންވާނެއެވެ. ނޯޓިސް ދިނުމަށްފަހުވެސް މަސައްކަތް ނުފަށައިފިނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލާ ބިން ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
ބިން ވަކިކުރުމާއި އަމިއްލައަށް ދޫކޮށްލުން |
ބިންވަކިކުރުމާއި އަމިއްލައަށް ބިން ދޫކޮށްލުމުގައި ޢަމަލުކުރާނީ ތިރީގައިވާ ގޮތުގެ މަތިންނެވެ. |
||
|
|
(ހ) |
ކުއްޔަށް ހިފާފައިވާ ބިން ދޫކޮށްލަން ބޭނުންވެއްޖެނަމަ 03 (ތިނެއް) މަސް ދުވަހުގެ ކުރިން ލިޔުމަކުން ކައުންސިލްގެ އިދާރާއަށް ހުށަހަޅަންވާނެއެވެ. މިގޮތުން ދޫކޮށްލާ ބިމުގައިވާ އުފުލޭ މުދާ، ބިން ކުއްޔަށް ހިފި ފަރާތުން ނަގަން ބޭނުންވެއްޖެނަމަ ގެންދެވިދާނެއެވެ. އަދި އެފަދަ ތަކެތި ބިން ވަކިކުރެވޭ ތާރީޚުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ނަގަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުގެންދާނަމަ އެބިމުގައި ހުރި ތަކެއްޗާއި ނުއުފުލޭ މުދަލުގެ މިލްކުވެރި ފަރާތަކީ ކައުންސިލްކަމަށް ކަނޑައެޅޭނެއެވެ. |
|
|
(ށ) |
ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވަނީސް ކައުންސިލްގެ ބޭނުމަށް ބިން ނަގާނަމަ، ކޮށްފައިވާ އިންވެސްޓްމަންޓަށް ބަލާ އެކަށީގެންވާ މުއްދަތެއް ބިން ކުއްޔަށް ހިފާ ފަރާތަށް ދޭންވާނެއެވެ. އަދި ކައުންސިލުން، ބިން ކުއްޔަށް ހިފާ ފަރާތަށް އެކަން ލިޔުމަކުން އަންގަންވާނެއެވެ. މިގޮތުން ނެގޭ ބިމުގައިވާ އުފުލޭ މުދާ، ބިން ކުއްޔަށް ހިފި ފަރާތުން ނަގަން ބޭނުންވެއްޖެނަމަ ގެންދެވިދާނެއެވެ. އަދި އެފަދަ ތަކެތި ބިން ވަކި ކުރެވޭ ތާރީޚުން ފެށިގެން 01 (އެކެއް) މަސްދުވަހުގެ ތެރޭގައި ނަގަންވާނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ނުގެންދާނަމަ އެބިމުގައި ހުރި ތަކެއްޗާއި ނުއުފުލޭ މުދަލުގެ މިލްކުވެރި ފަރާތަކީ ކައުންސިލްކަމަށް ކަނޑައެޅޭނެއެވެ. އަދި މިގޮތަށް ވަކި ކުރެވޭ ބިމުގައި ހުރި ނުއުފުލޭ މުދަލަށް ޢަދުލުވެރި ބަދަލެއް ކައުންސިލުން ދޭންވާނެއެވެ. |
|
|
(ނ) |
ދިވެހިރާއްޖޭގައި ވިޔަފާރިކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި، ޤަވާޢިދުތަކާ އަދި އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރަމުން ނުދާނަމަ އެކަން ރަނގަޅުކުރުމަށް ބިން ހިފާފައިވާ ފަރާތަށް ކައުންސިލުން އަންގަންވާނެއެވެ. އަދި މިގޮތަށް ލިޔުމުން 2 (ދޭއް) ފަހަރު އެންގުމަށްފަހު އެކަން ރަނގަޅުކުރުމަށް 1 (އެކެއް) މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު ރަނގަޅު ނުކޮށްފިނަމަ 3 (ތިނެއް) ވަނަ ނޯޓިސްއާއެކު، އެއްވެސް ބަދަލެއް ދިނުމަކާނުލާ ބިން ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. |
|
|
(ރ) |
ބަދަލު ދޭންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ ބަދަލެއްގެ އަގުމަގު ކުރާނީ ކައުންސިލުން އެކުލަވާލާފައިވާ އަގު ކޮމެޓީގެ ލަފަޔާއެކު، އެއްބަސްވުމުގައި ހިމެނޭ ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިންނެވެ. މިގޮތަށް ދެފަރާތުން އެއްބަސްނުވެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ އަގުމަގުކުރާނީ ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެންނެވެ. |
ކުއްޔަށް ދޫކުރެވޭ ބިމުގައި ކުރުން މަނާ ކަންތައްތައް |
ކުއްޔަށް ދޫކުރެވޭ ބިމުގައި ތިރީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަކީ މަނާކަމެކެވެ. |
||
|
|
(ހ) |
ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްވެސް ބާވަތެއްގެ އެއްޗެއް ވިއްކުން |
|
|
(ށ) |
ޣައިރު ޤާނޫނީ އެއްވެސް ޢަމަލަކަށް މަގުފަހިވާ ކަންކަން ކުރުމުގެ ޖާގަ ދިނުން |
|
|
(ނ) |
ބިން ހަވާލުކުރެވޭ އެއްބަސްވުމުގައި މިނޫންވެސް ކުރުން މަނާ ކަންކަން ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ކުރުން |
އުޞޫލަށް ބަދަލުގެނައުން |
(ހ) |
މި އުޞޫލުގެ އެއްވެސް މާއްދާއަކަށް ބަދަލުގެނެވޭނީ އެބަދަލެއް ނުވަތަ އެ އިޞްލާޙެއް ކައުންސިލަށް ހުށަހަޅާ ފާސްކޮށްގެންނެވެ. އަދި އެ ގެނެވުނު ބަދަލެއް ޢާންމުކޮށް އިޢުލާންކުރަންވާނެއެވެ. |
|
އުޞޫލަށް ޢަމަލުކުރަން ފެށުން |
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، ގއ.ކޮނޑޭ ކައުންސިލްގެ އާންމު ޖަލްސާއަކުން ފާސްކުރުމަށްފަހު ޢާންމުކޮށް އިޢުލާންކުރާ ދުވަހުން ފެށިގެންނެވެ. |
|
މާނަކުރުން |
(ހ) |
(1) "ކައުންސިލް" ކަމަށް ބުނެފައިއެވަނީ، "ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލް" އަށެވެ. |
|
|
|
|
(2) "އިދާރާ" ކަމުގައި ބުނެފައިއެވަނީ، "ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ" އަށެވެ. |