މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއެވެ.  

މާޤާމު: އެސިސްޓަންޓް ޑިރެކްޓަރ  

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ 

ރޭންކް: އެމް.އެސް 3

މުސާރަ: 7،035.00 ރުފިޔާ

ސަރވިސް އެލަވަންސް: 2،000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ކޮމާޝަލް ޑިޕްލޮމަސީ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ރާއްޖޭން ބޭރުގައި ހުންނަ ޑިޕްލޮމެޓިކް މިޝަންތަކާއެކު ވިލަރެސްކޮށްގެން، ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ހާމަކޮށްފައިވާ، ރާއްޖޭގެ އިޤްތިސާދީ ފުދުންތެރިކަން އިތުރުކުރުމުގެ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ރާވައި ހިންގުން.
  • ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ، އެހެނިހެން އިދާރާތަކާ ގުޅިގެން، ރާއްޖޭގެ އުފެއްދުން ތަކަށް ބޭރުގެ މާކެޓް ހޯދައިދިނުމަށް ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުން.
  • ރާއްޖޭ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް ރާއްޖޭގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުން ކުރާ މަސައްކަތްތައް ވިލަރެސްކުރުން.
  • މިނިސްޓްރީގެ ބައިލެޓެރަލް ޑިޕާޓްމަންޓުގެ ކަމާބެހޭ ޑެސްކްތަކާ ގުޅިގެން ދިވެހި މިޝަންތަކާއި ކޮންސިއުލޭޓްތަކުން ހިންގާ ކޮމާޝަލް ޑިޕްލޮމެސީގެ މަސައްކަތްތައް ވިލަރެސް ކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު؛

  • މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނޮމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ އިންޓަރނޭޝަނަލް ބިޒްނަސްގެ ދާއިރާއަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާ އަކުން ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަގާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މާޤާމު: އެސިސްޓަންޓް ޑިރެކްޓަރ  

ކްލެސިފިކޭޝަން: އެސިސްޓަންޓް ޑިރެކްޓަރ 

ރޭންކް: އެމް.އެސް 3

މުސާރަ: 7،035.00 ރުފިޔާ

ސަރވިސް އެލަވަންސް:2،000.00 ރުފިޔާ 

ބޭނުންވާ އަދަދު: 1

ސްޕެޝަލް އެލަވަންސް: މުސާރައިގެ %35

ސެކްޝަން: ކޮންޓިނެންޓަލް ޝެލްފް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ކޮންޓިނެންޓަލް ޝެލްފް މައްސަލަތަކުގައި ދިވެހިރާއްޖެއާ ގުޅުންހުރި ކަންތައްތައް ކުރިއަރަމުންދާ ގޮތް ބަލައި އެކަންކަން މޮނިޓަރ ކުރުން.
  • ކޮންޓިނެންޓަލް ޝެލްފް މައްސަލަތަކާ ގުޅިގެން ދިވެހިރާއްޖެއާ ގުޅުން ހުރި މައްސަލަތައް ބައިނަލްއަޤުވާމީ އެކިއެކި ޖަލްސާތަކުގައި ހިނގަމުންދާގޮތުގެ މޮނިޓަރކޮށް އެކަންކަން ވިލަރެސް ކުރުން.
  • ކޮންޓިނެންޓަލް ޝެލްފުގެ މައްސަލަތަކާ ގުޅިގެން ޤައުމީ ވުޒާރާތަކުގައި ބާއްވާ މަޝްވަރާތަކުގައި ބައިވެރިވުން.
  • މިކަމާގުޅިގެން ބޭރުގެ އެކިއެކި ޖަމިއްޔާތަކާއި ކޯލިޝަންތަކާއި ލޮބީ ގްރޫޕްތަކާ މަޝްވަރާކޮށް މަޢުލޫމާތު ބަދަހިކުރުން
  • ކޮންޓިނެންޓަލް ޝެލްފް ގެ މައްސަލަތަކުގެ ރިކޯޑް ބެލެހެއްޓުން.
  • ދިވެހިރާއްޖެއާ ގުޅުންހުރި ބައިނަލްއަޤްވާމީ މުޢާހަދާތައް ދިރާސާކޮށް ކޮންޓިނެންޓަލް ޝެލްފުގެ މައްސަލަތަކާގުޅޭ ރިޕޯޓުތަކާއި ޕޮލިސީ ޕޭޕަރުތައް ތައްޔާރުކުރުން.
  • މިކަމާ ގުޅޭގޮތުން ބާއްވާ އެކިއެކި ކޮންފަރެންސްތަކާއި ވޯކްޝްޕް އަދި ސެމިނާތަކުގައި ރާއްޖެ ތަމްސީލުކުރުން.

ޝަރުޠު (ތައުލީމާއި ތަޖުރިބާ)

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

  • މަޤާމުގެ މަސައްކަތާ ގުޅޭ (އިންޓަރނޭޝަނަލް ރިލޭޝަން، ސޯޝަލް ސްޓަޑީސް، އިކޮނަމިކްސް، ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ނުވަތަ ޤާނޫނީ ދާއިރާ އަކުން) ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤަމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ (މަތީގާ ބަޔާން ކުރެވިފައިވާ ފަދަ) ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

އިނާޔަތް:

އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާ އަދާކުރައްވަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެކަންތައްތަށް

  • ތަޢުލީމާއި ތަމްރީން  %50                             
  • މަސައްކަތުގެ ތަޖުރިބާ                                       
  • ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް) %38                         

އިންޓަރވިއު އޮންނާނެ މުއްދަތު 

އިންޓަރވިއު އޮންނާނީ  23-30 އެޕްރީލް 2015އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަރވިއު އޮންނާނެ ސީދާ ދުވަސް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކަށް އެންގޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

 21 އެޕްރީލް 2015 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް

ހުށަހަޅަންޖެހޭ ތަކެތި

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.foreign.gov.mv އިން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  • ސަރުކާރު ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިއުތިރާޒެއްނެތްކަމުގެ ލިޔުން.
  • ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)

ސަމާލުކަމަށް

އިސްވެ ދެންނެވުނު ތަކެތި ހަމަނުކުރައްވާ ހުށަހަޅުއްވާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

އަދި ޝަރުޠުހަމަވާ ފަރާތްތައް ޝޯރޓް ލިސްޓްކޮށް، އިންޓަވިއު ކުރުމަށްފަހު މަޤާމުތަކަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް އެކަން މިނިސްޓްރީއިން އެންގޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި 3304184 އަށް ގުޅުއްވުން އެދެމެވެ.

އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

09 އޭޕްރިލް 2015
ހޯދާ