ދިވެހިރާއްޖެ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
މާލެ' ދިވެހިރާއްޖެ
ނަންބަރ: H/IUL/2024/27
އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މި ކުންފުންޏަށް ތިރީގައި ދެންނެވިފައިވާ އައިޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
Item |
Description |
Qty |
1 |
Aruba 6100 24G Class4 PoE 4SFP+ 370W Switch (Jl677A) |
34.00 |
މި މަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން -/500 (ފަސްސަތޭކަ) ރުފިޔާއަށް ބިޑް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، ތިރީގައިވާ ތާވަލުގައިވާ ގޮތުގެ މަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ޝަރުތު ހަމަވާނީ ހަމައެކަނި މިފަދަ މަސައްކަތްތައް ކޮށްފައިވާ ފަރާތްތަކަށެވެ.އަދި އަންދާސީހިސާބު ހުށައަޅާ ފަރާތަކީ އަރޫބާގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާރއެއް ކަމުގައި ވާންވާނެއެވެ.
|
ދުވަސް |
ވަގުތު |
ފައިސާ ބަލައިގަތުމަށް |
2024 ފެބުރުވަރީ 04 އިން 2024 ފެބުރުވަރީ 15 އަށް |
09:00 އިން 15:00 އަށް |
ޑޮކިޔުމަންޓް ދޫކުރުމަށް |
2024 ފެބުރުވަރީ 04 އިން 2024 ފެބުރުވަރީ 15 އަށް |
09:00 އިން 15:00 އަށް |
މަޢުލޫމާތު ދިނުން |
2024 ފެބުރުވަރީ 18 (އާދީއްތަ) |
10:00 ގައި |
އަގު ހުށަހެޅުން |
2024 ފެބުރުވަރީ 25 (އާދީއްތަ) |
10:00 ގައި |
މި މަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000/-ރ. (ވިހިހާސް) ރުފިޔާ ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ ބިޑް ކާމިޔާބު ކުރަށްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާއި އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ އިންޝުއަރެންސް ޕޮލިސީއެކެވެ. މި މަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 30 (ތިރީސް) ދުވަސް އިތުރުވާންވާނެވެ.
21 ރަޖަބު 1445
01 ފެބުރުވަރީ 2024
ނޯޓް:
- ތަކެތި ނުވަތަ ޚިދުމަތް ހޯދާ ފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ ލިޔުމެއް ނުދީ ހުއްޓާ އެކަން އެނގުން އެއީ ބީލަން ބާޠިލު ކުރެވޭނެކަމެކެވެ.
- މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
- މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ3338472 / 3338123 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.