މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މ. އަތޮޅު ކައުންސިލްގެ ޖޫނިއަރ ވޮލީބޯޅަ މުބާރާތް 2024
އިޢުލާން
މ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ރޫޙް އާލާކޮށް އެކުވެރިކަން ބަދަހިކުރުމަށްޓަކައި މިއިދާރާއިން އިންތިޒާމުކޮށްގެން ދެޖިންސުގެ ދަރިވަރުންނަށް ކުރިއަށް ގެންދިއުމަށް ހަމަޖައްސަވާފައިވާ "މ. އަތޮޅު ކައުންސިލްގެ ޖޫނިއަރ ވޮލީބޯޅަ މުބާރާތް 2024" 2024 މެއި 01 އިން 2024 މެއި 20 އަށް ބޭއްވުމަށް ވަނީ ހަމަޖައްސައިފައެވެ. މި މުބާރާތް ހޯސްޓްކުރާ ކައުންސިލަކަށް 100,000.00 ރުފިޔާ (އެއްލައްކަ ރުފިޔާ) ދިނުމަށް މި ކައުންސިލްއިން ވަނީ ނިންމާފައެވެ.
ވީމާ، މި މުބާރާތް ބޭއްވުމަށް ޝައުޤުވެރިވާ ކައުންސިލަކުން 2024 ފެބުރުވަރީ 15 ވަނަ ދުވަހުގެ 12:00 ގެ ކުރިން "މ. އަތޮޅު ކައުންސިލްގެ ޖޫނިއަރ ވޮލީބޯޅަ މުބާރާތް 2024" މުބާރާތް ބޭއްވުމަށް ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
04 ފެބުރުވަރީ 2024
ހޯދާ