އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާއަށް ފައިލިންގ ރޫމެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

ފައިލިންގ ރޫމް ހެދުން.

 

މިއިދާރާއަށް ފައިލިންގ ރޫމެއް ހެދުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއްހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަންޖެހޭ ތާރީޚާ އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

  • ‏ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީވުން: މިއިޢުލާނާއެކު އެޓޭޗް ކޮށްފައިވާ ބިޑްރަޖިސްޓްރޭޝަން ފޯމް ފުރުއްވުމަށްފަހު 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް [email protected]  އަށް މެއިލްކޮށްގެން.
  •  މައުލޫމާތު ދިނުމުގެ ބައްދަލުވުން: 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި އިދާރާ ގައި.
  • ޕްރޮޕޯސަލް ހުށަހެޅުމާއި ހުޅުވުން: 15 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިއިދާރާގައި، ޕްރޮޕޯސަލް ހުށަހެޅުމަށް ބާއްވާ ބައްދަލުވުމުގައި.

މިއިޢުލާނާއި ގުޅޭ މަޢުލޫމާތާއި، ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ތަކެތި އެނގޭނެ މަޢުލޫމާތުޝީޓް ރަޖިސްޓްރީ ވެލައްވާ ފަރާތްތަކަށް މެއިލް ކުރެވޭނެއެވެ. މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 11 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން [email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

04 ފެބުރުވަރީ 2024
ހޯދާ