ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)267/267/2024/4 (17 ޖެނުއަރީ 2024) އިޢުލާނާ ގުޅިގެން މަސްޖިދު ފިރުދައުސްގައި ކުރަންހުރި ބައެއް މަރާމާތުތައް ކުރުމަށް އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައި ނުވާތީވެ އަލުން މިސައްކަތައް ހުޅުވާލަމެވެ. ވިމާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު، ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 05 ފެބްއަރީ 2024 ވާ (ހޯމަ) ދުވަހުގެ 10:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން، ނުވަތަ މިއިދާރާގެ ނަމްބަރ 6520034 އަށް ގުޅުއްވައިގެން، ނުވަތަ އޮންލައިންކޮށް ތިރީގައިވާ ލިންކުން ފޯމް ހުށަހަޅާ ރަޖިސްޓްރީވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް މައުލޫމާތު ކަރުދާސް އީމެއިލް ކުރެވޭނެއެވެ.
ލިންކް: https://forms.office.com/r/kRN4nJfa2Y
| 
 ތަފްސީލް  | 
 ތާރީޚް  | 
 ގަޑި  | 
| 
 ރަޖިސްޓަރ ވުމުގެ ސުން ގަޑި  | 
 05 ފެބްރުއަރީ 2024 (ހޯމަ)  | 
 10:00  | 
| 
 މައުލޫމާތު ދިނުން  | 
 05 ފެބްރުއަރީ 2024 (ހޯމަ)  | 
 13:00  | 
| 
 އަންދާސީ ހިސާބު ހުށަހެޅުން  | 
 08 ފެބްރުއަރީ 2024 (ބުރާސްފަތި)  | 
 13:00  | 
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
