ދިވެހިރާއްޖެ
އިޢުލާން
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު:
"ސަވާދީއްތަ ދަތުރު 3 – މޯލްޑިވްސް ޔޮޓް ރެލީ 2024" ފަތުރުވެރިންގެ 14 ޔޮޓް 2024 ފެބުރުވަރީ 15 ވަނަ ދުވަހު މުލީގައި ބަނދަރު ކުރުމަށްވަނީ ހަމަޖެހިފައެވެ. ވީމާ، މި ހަރާކާތުގައި މުއްޔަށް ޒިޔާރަތްކުރާ ފަރާތަކަށް ފަރިއްކޮޅު އަދި ސައިފޮދު ތައްޔާރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޙްތަކާއި، ގަޑިތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވާ ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޢުލޫމާތު ސާފުކުރުން |
06 ފެބުރުވަރީ 2024 (އަންގާރަ) 10:30 |
މުލީ ކައުންސިލްގެ އިދާރާ |
ކޯޓޭޝަން ހުށަޙެޅުން |
07 ފެބުރުވަރީ 2024 ބުދަ ދުވަހުގެ 11:30 ގެ ކުރިން |
މުލީ ކައުންސިލްގެ އިދާރާ |
މި މަސައްކަތަށް ކޯޓޭޝަން ހުށަހެޅުމަށް ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (2014/18) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ (2014/19) ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.