ދިވެހިރާއްޖެ
އިޢުލާން ނަންބަރ |
(IUL) PSM-FP/ PSM/2024/36 |
ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ |
(PROC-11-24) GSRF-PSM-GA/2023/90 |
އިޢުލާން
- · ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު
މިކުންފުނީގެ ރޭޑިއޯ ބިލްޑިންގގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތައްޔާރުކުރާ ފާޚާނާތަކުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު ނަންބަރު (IUL) PSM-FP/ PSM/2023/308 އިޢުލާނާ ގުޅިގެން ދެވިފައިވާ މަޢުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން އެއިޢުލާނާއި އެއިޢުލާނާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތައް ބާތިލްކޮށް މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށްހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މިއިޢުލާނާ ގުޅިގެން މިކުންފުނިންދޭ މަޢުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަސައްކަތު ސަރަހައްދު (ސައިޓް) ދެއްކުން އޮންނާނީ 08 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައެވެ.
ވީމާ، މަސައްކަތު ސައިޓް ބެލުމަށްފަހު މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 10:00 އަށް ޕީއެސްއެމް ޓީވީ ބިލްޑިންގ (ބުރުޒުމަގު) އަށް ޙާޟިރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާއިރު މިމަސައްކަތަށް ގެޒެޓްކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހަޅުއްވުމަށް ދަންނަވަމެވެ. އަދި މަސައްކަތްކުރާ ސައިޓް ބައްލަވާލެއްވުމަށް ޙާޟިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެވާހަކަ ދެންނެވީމެވެ.
21 ރަޖަބު 1445
01 ފެބްރުއަރީ 2024