ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހިއުމަން ރިސޯސް މެނޭޖްމެންޓް ސޮފްޓްވެއަރއެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި އިޢުލާނާ ގުޅިގެން އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތަކުގައި، މައުލޫމާތު ކަރުދާހުގައި ބަޔާން ކޮށްފައިވާ ޝަރުޠު ފުރިހަމަވާކަން ކަނޑައެޅުމަށް ބޭނުންވާ ލިޔެކިޔުން އެކަށީގެންވާ ވަރަށް ހުށަހަޅާފައިނުވާތީ، މި މަސައްކަތްކުރުމަށް ޝަރުޠުހަމަވާ ޤާބިލު ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް ބީލަން ހުށަހެޅުމަށް އާއްމުކޮށް އިޢުލާން ކުރަމެވެ. މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި ސުވާލުފޮނުވުން |
https://forms.office.com/r/Bx2mdhMvuj ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށް ،13 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިންނެވެ. ނޯޓް: މި އިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ. މި މަސައްކަތާ ގުޅިގެން ޕްރީބިޑް މީޓިންގ އެއް ބޭއްވުމަށް ހަމަޖެހިފައިނުވެއެވެ. ނަމަވެސް، ބީލަމާ ގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 13 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމުން، 14 ފެބުރުވަރީ 2024 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ. |
ބީލަން ހުށަހެޅުމާއި ހުޅުވަންވީ ތަނާއި ސުންގަޑި |
22 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ. |
ސޮފްޓްވެއަރ ޑެމޮންސްޓްރޭޝަން |
03 މާރިޗު 2024 އިން 07 މާރިޗު 2024 އާ ދެމެދުގެ ތާރީޚެއްގައި |