ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
||
މޯލްޑިވްސް ޕޯލް އެންޑް ލައިން ޓޫނާ ޕޯޓް ސާމްޕްލިންގ ޕްރޮޖެކްޓް 2014 ގެ ދަށުން، މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރުން ސާމްޕަލް ނަގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މި އިދާރާއިން ކުރި IUL)240-ADS/240/2015/20) ނަންބަރުގެ އިޢުލާނާ ގުޅިގެން އެކަމަށް އެދި އެންމެ ފަރާތަކުން ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލްކޮށް، އަލުން އިއުލާން ކުރީމެވެ. |
||
ބޭނުންވާ އަދަދު: |
2 (ދޭއް) |
|
މުސާރަ: |
4000.00 ރުފިޔާ |
|
އެހެނިހެން ޢިނާޔަތް: |
މަސައްކަތުގެ ވަގުތުގައި މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މުވައްޒަފުންކޭ އެއްފަދައިން ކެއުން ނުވަތަ ސައި ލިބޭނެ. |
|
ބޭނުންވާ މުއްދަތު: |
12 މަސްދުވަސް (1 އަހަރު ދުވަސް) |
|
މަސައްކަތް ކުރަންޖެހޭ ދުވަސްތައް: |
ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް |
|
މަސައްކަތް ކުރަންޖެހޭ ވަގުތު: |
ދުވާލަކު 2 ގަޑިއިރު ނުވަތަ 3 ގަޑިއިރު ނުވަތަ އެ ދުވަހަކަށް ކަނޑައެޅިފައިވާ މަސައްކަތް ނިމެންދެން. |
|
މަސައްކަތް ކުރަންޖެހޭތަން: |
މާންދޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސްގަންނަ ބަނދަރު |
|
މަޤާމުގެ މަސްއޫލިއްޔަތު: |
1- މަހުގެ ދިގުމިން: ހަފުތާއަކު 3 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުން 2 ދޯންޏަކުން ގެނައި މަހުގެ ތެރެއިން ބައެއްގައި ދިގުމިނުގެ ހިސާބު ނެގުން. 2- ކަނދުފަތީގެ މަސްވެރިކަމުގައި ބޭނި ބާވަތްތަކުގެ މިންވަރު ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކަނދުފަތިން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުގެ އަދަދު ގުނުން. 3- ލޯބޮޑު ކައްނެއްޔާއި ރީނދޫއުރަހަ ކަންނެލީގެ މިންވަރު ބެލުން: ހަފުތާއަކު އެއްދުވަހު، ބަނަދަރަށް ލފާ ދޯނިތަކުގެ ތެރެއިން ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގެ ތެރޭގައި ލޯބޮޑު ކަންނެއްޔާއި، ރީނދޫ އުރަހަ ކަންނެލި ހުރި މިންވަރު ބެލުން. 4- އާދައިގެ އައިނަކުން ކުރި މަސްވެރިކަމުގައި ބޭނުނު ބާވަތްތައް ބެލުން: ހަފުތާއަކު 1 ދުވަހު، ބަނދަރަށް ލަފާ ދޯނިތަކުގެ ތެރެއިން އާދައިގެ އައިނަކުން މަސްވެރިކަންކުރި ކޮންމެވެސް 2 ދޯންޏަކުން ގެނައި މަހުގައި ހުރި ބާވަތްތަކުންގެ މިންވަރު ބެލުން. 5- މަސްވެރިކަމުގެ ލޮގްފޮތް ފުރުމުގައި މަސްވެރިންނަށް އެހީތެރިވެދިނުން. 6- ނެގޭ ހިސާބުތައް، މަހަކު ދެފަހަރު، މެރިން ރިސަރޗް ސެންޓަރަށް ޤަވާއިދުން ފޮނުވުން. |
|
އިންޓަރވިއު އޮންނާނެ ތަނަކާއި މުއްދަތު: |
މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތަކަށް ބާއްވާ އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި އަންގާނެއެވެ. |
|
ތަކެތި ހުށަހެޅުމުގެ ސުންގަޑިއާއި ތަން: |
2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15.00 ގެ ކުރިން، ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް. |
|
ހުށަހަޅަށްޖެހޭ ލިޔުންތައް: |
1- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 2- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފުކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު) 3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. 4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ) |
|
އިތުރު މަޢުލޫމާތު: |
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322242 ނަންބަރު ފޯނާއެވެ. |
13 ޖުމާދަލްއާޚިރާ 1436