ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
27 އެޕްރީލް 2014 ގައި ކޮށްފައިވާ IUL)VAH/2014/4) ނަންބަރުގެ އިޢުލާނުގައި، ސަރުކާރު ބަންދު ދުވަސްތައް ނުހިމަނައި، އިޢުލާނުގެ މުއްދަތަށް 7 ދުވަސް ދީފައިނުވާތީ، އެ އިޢުލާނަށް ވަޒީފާ ހަމަޖައްސަވައި ނުދެއްވޭނެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގާފައިވާތީ، އެ އިޢުލާން ބާތިލްކޮށް، އަލުން އިޢުލާން ކުރަމެވެ.
މަޤާމު |
ސްޓޯކީޕަރ |
||
ބޭނުންވާ އަދަދު |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 |
ރޭންކް: ޖީ. އެސް. 1 |
މުސާރަ |
މަހަކު -/3،565 ރުފިޔާ (ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
||
ސަރވިސް އެލަވަންސް |
މަހަކު -/1،500 ރުފިޔާ (ފަނަރަސަތޭކަ ރުފިޔާ) |
||
ސެކްޝަން |
ވ. އަތޮޅު ހޮސްޕިޓަލް |
||
މަޤާމުގެ އަސާސީ ޝަރުޠު |
- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛ - ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން. |
||
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް |
- ހޮސްޕިޓަލުގައި ބޭނުންކުރުމަށް ހޯދަންޖެހޭ މެޑިކަލް ކޮންޒިޔުމެބެލް ތަކެއްޗާއި ޖެނެރަލް ސްޓޮކަށް ބޭނުންވާ ތަކެއްޗަށް ދަތިވިޔަނުދީ އެތަކެތި ހޯދައި ބެލެހެއްޓުން. - މަންތްލީ ސްޓޮކް ބެލެންސް ތައްޔާރުކުރުން. - މެޑިކަލް ކޮންޒިޔުމެބެލް ސްޓޮކުގައި ހުން ތަކެތީގެ އެކްސްޕައިރީ ގަވާއިދުން ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުމުގައި އެކްސްޕައިރީ ހަމަވާން ކައިރިވެފައިހުރި ތަކެއްޗަށް އަބަދުވެސް އިސްކަންދިނުން. - ހޮސްޕިޓަލްގެ ލިޔެކިޔުމަށާއި، އެހެނިހެން ބޭނުންތަކަށް ހޯދަންޖެހޭ ތަކެތި ސަރުކާރުގެ ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ސްޓޮކަށް ހޯދުމަށާއި، ސްޓޮކް ހިސާބު ބެލެހެއްޓުން. |
||
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
||
ޢިނާޔަތްތައް |
ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް |
|
||
ސުންގަޑި |
2015 އޭޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، ވ. އަތޮޅު ހޮސްޕިޓަލަށް. |
||
އިތުރު މަޢުލޫމާތު |
- މަޢުލޫމާތު ސާފުކުރަން ގުޅާނީ 6700029 ނަންބަރު ފޯނަށެެވެ. - ވަޒީފާއަށް އެދޭ ފޯމް، ހޮސްޕިޓަލުން ލިބެން ހުންނާނެއެވެ. |
13 ޖުމާދަލްއާޚިރާ 1436