ދިވެހިރާއްޖެ
އިޢުލާން
މިރަށު މިސްކިތްތަކުގެ އިމާމުން، މުދިމުން އަދި މަސައްކަތު މީހުން އަހަރީ ޗުއްޓީއާއި އާއިލީ ޒިންމާ ޗުއްޓީ އަދި ސަލާމް ނަންގަވާ ހާލަތްތަކުގައި ވަގުތީ ގޮތުން އެމަޤާމްތަކުގައި މަސައްކަތްކުރުމަށް އެކުލަވާލެވޭ ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ވޭޖް ޕޫލްގައި ރަޖިސްޓްރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ފެބްރުއަރީ 2023 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން "ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަ ކުރެއްވުމަށްފަހު މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ.
ވޭޖް އުޞޫލުން މިސްކިތްތަކުގައި މަސައްކަތް ކުރުމަށް އެކުލަވާލެވޭ ޕޫލްގައި ރަޖިސްޓްރީވުމަށް އެދޭ މަޤާމުތަކުގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް |
|||
ވޭޖް / ޕޫލް މަޤާމްތަކާއި އުޖޫރަ ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް |
|||
# |
މަޤާމް |
ރޭންކް |
މަސައްކަތްކުރާ ގަޑިއަކަށް |
1 |
އިމާމު ސަނަދު އޮންނަ މީހަކަށް (ނަމާދުކުރާ ވަގުތަކަށް) |
GS3 |
61.00 ރުފިޔާ |
2 |
މުދިމު ސަނަދުނެތް މީހަކަށް (ނަމާދުކުރާ ވަގުތަކަށް) |
GS1 |
53.00 ރުފިޔާ |
3 |
ކައުންސިލް އެސިސްޓެންޓް (މަސައްކަތު) |
SS1 |
45.00 ރުފިޔާ |
މަސައްކަތް ކުރަންޖެހޭ ގަޑި: |
ދުވާލަކު 5 ގަޑިއިރު، ހަފްތާއަކު 7 ދުވަސް (އިމާމުން/މުދިމުން އަދި ކައުންސިލް އެސިސްޓެންޓް (މަސައްކަތު) ޗުއްޓީގައި ހުންނަ ދުވަސްތަކުގައި) ނޯޓު: މިމަޤާމަކީ ބަންދު އެލަވަންސް އާއި އިތުރުގަޑި ހަމަޖެހިފައިވާ މަޤާމެއް ނޫނެވެ.
|
||
މަޤާމްގެ ޝަރުތު |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއެކު،
2. މުދިމް:
(މަތީގައިވާ މަޤާމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތްތަކުން، މިމަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. ނަމަވެސް މިމަޤާމަށް މީހުން ހޮވާނީ، މަތީގައިވާ މަޤާމަށް ޝަރުތު ހަމަވާ ފަރާތެއް ލިބިފައިނުވާނަމައެވެ.) 3. މަސައްކަތު: ލިޔަންކިޔަން، ދަތުމާއެކު މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ: ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައިދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.
|
||
މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް |
އިމާމު / މުދިމް:
ކައުންސިލް އެސިސްޓެންޓް (މަސައްކަތު)
|
||
މަސައްކަތް ކުރަންޖެހޭ ޙާލަތް |
މިސްކިތު އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ޗުއްޓީ ނެގުމުން އަދި ސަލާމްބުނުމުން ނުވަތަ އާއިލީ ޒިންމާ ޗުއްޓީނެގުމުން ނުވަތަ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކިވުމުން އެމަޤާމަށް މުވައްޒަފަކު ހަމަޖެއްސުމަށްނަގާ މުއްދަތަށް ނުވަތަ އެކިއެކި ސަބަބުތަކާ ގުޅިގެން މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކަށް. |
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދު ނޫންދުވަސްދުވަހުގެ ހެނދުނު 8:30 އިން 14:00 އަށް މިއިދާރާގެ ނަމްބަރު 6500035 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.