ދިވެހިރާއްޖެ
ހއ.އިހަވަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 08 ފެބުރުވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށަހަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މައުލޫމާތާއި އެއްގޮތަށެވެ.
|
ތަން |
ދުވަސް |
ތާރީޙް |
ގަޑި |
ޕްރޮޕޯސަލް ހުށަހެޅުމާއި/ ހުޅުވުން |
އިހަވަންދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
08 ފެބުރުވަރީ 2024 |
13:00 |
މިކަމަށް އެދި ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކާއި އަދި ޤާނޫނު ނަންބަރު 1/2003 ( ޖަމިއްޔާތަކާބެހޭ ޤާނޫނު ) ގެ ދަށުން ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުލަބު ޖަމިއްޔާ ޖަމާއަތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަދަ އެއްހީރާސްކޮށް، " ހއ.އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިހަވަންދޫގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޕޭސްޓްރީ ކޯސް ހިންގައި ދިނުމަށް އެދި" ހުށަހެޅޭޕްރޮޕޯސަލްކަން އެނގޭ ގޮތަށް ލިޔުއްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 9126464 ނަންބަރާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.
މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.