ދިވެހިރާއްޖެ
އެހެން އަހަރުތަކާއި އެއްގޮތަށް މިއަހަރުގެ ރަމަޟާންމަހުގެ ތެރޭގައިވެސް ޤުރްއާން ކިޔެވުމުގެ މުބާރާތެއް ބޭއްވުމަށް މިކައުންސިލްއިން މިގެންދަނީ މަސައްކަތްކުރަމުންނެވެ. މި މުބާރާތުގައި ބައިވެރި ވެވޭނީ ބަނޑިދޫގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ އިތުރުން، ބަނޑިދޫގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތަކާއި އަދި ބަނޑިދޫ ރައްޔިތަކާއި ކައިވެނިކޮށްގެން އުޅުއްވާ ފަރާތްތަކަށެވެ. އަދި މީގެ އިތުރުން ބަނޑިދޫގައި ތައުލީމް ހާޞިލް ކުރަމުން ގެންދާ ފަރާތްތަކަށްވެސް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.
މި މުބާރާތް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2 ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮތްޕެވެ. މި މުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަންޖެހޭ މިންވަރު (މުގައްރަރު) ތިރީގައި އެވަނީއެވެ.
މިމުބާރާތުގެ އުމުރުފުރާތަކުގައި ކިޔަވަން ޖެހޭ މިންވަރު ( މުޤައްރަރު )
ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔެވުމުގެ ގޮފި:
| # | އުމުރުފުރާ | ބަލައިގެން | ނުބަލާ | ||
| ފެށޭކޮޅު | ނިމޭކޮޅު | ފެށޭކޮޅު | ނިމޭކޮޅު | ||
| 1 | 6 އަހަރުން ދަށް | 1 ވަނަ ފޮތް | 30 ވަނަ ފޮތް | ފާތިޙާ 1 – ބަޤަރާ 76 | އަޢްލާ 1 – ނާސް 6 | 
| 2 | 9 އަހަރުން ދަށް | ފޮތް 1 - 3 | ފޮތް 28 - 30 | 1 ވަނަ ފޮތް | 30 ވަނަ ފޮތް | 
| 3 | 12 އަހަރުން ދަށް | ފޮތް 1 - 7 | ފޮތް 24 - 30 | ފޮތް 1 - 3 | ފޮތް 28 - 30 | 
| 4 | 14 އަހަރުން ދަށް | ފޮތް 1 - 10 | ފޮތް 21 - 30 | ފޮތް 1 - 5 | ފޮތް 26 - 30 | 
| 5 | 16 އަހަރުން ދަށް | ފޮތް 1 - 15 | ފޮތް 16 - 30 | ފޮތް 1 - 7 | ފޮތް 24 - 30 | 
| 6 | 18 އަހަރުން ދަށް | ފޮތް 1 - 25 | ފޮތް 8 - 30 | ފޮތް 1 - 10 | ފޮތް 21 - 30 | 
| 7 | 18 އަހަރުން މަތި | ފޮތް 1 - 30 | ފޮތް 1 - 30 | ފޮތް 1 - 14 | ފޮތް 16 - 30 | 
- އުމުރު ބަލާނީ 1 ޖެނުއަރީ 2024 އަށް ފުރޭ އަހަރަށެވެ.
ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލަމެވެ. މި މުބާރާތުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ނަންގަވައި ފުރުއްވުމަށް ފަހު 07 މާރޗް 2024 ވާ ބުދަ ދުވަހު 14.00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
 
                    