ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ނީލަން ކިޔުން

.

            މި ޓްރައިބިއުނަލުގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި ނީލަން ކިއުމުގެ ކުރިން ދައުލަތުގެ އެހެން އޮފީހަކަށް އެ މުދާ ބޭނުންވޭތޯ ބެލުމަށް ނީލަން ޕޯޓަލް މެދުވެރިކޮށް ޝާއިޢު ކުރުމުން އެއްވެސް އޮފީހަކުން އިޖާބަ ދެއްވާފައި ނުވާތީ، މި ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ.

            މި ނީލަމުގައި ވިއްކާލެވޭތަކެތި ބަހާލެވިފައިވާ 4 (ހަތަރެއް) ލޮޓުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ލޮޓުތަކުގެ ނީލަން ފެށޭ އަގު އަދި ނީލަން ފެށޭ އަގަށް އިތުރުކުރެވޭނެ އެންމެ ކުޑަ އަގު މިއިޢުލާނާއެކު ހިމެނިފައިވާނެއެވެ.

            ވީމާ، މި ނީލަމުގައި ބައިވެރިވެވަޑައިގަންނަވަން ޝައުގުވެރިވާ ފަރާތްތަކުން 12 ފެބްރުވަރީ 2024 ވާ ހޯމަ ދުވަހުގެ މެންދުރު 11:00 އަށް މި ޓްރައިބިއުނަލަށް ވަޑައިގެން ނީލަމުގައި ބައިވެރިވެ ދެއްވުން އެދެމެވެ. މި ނީލަމުގައި ބައިވެރިވެވަޑައިގަތުމަށް އަމިއްލަ ފަރުދެއްނަމަ  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ގެންނަވަން ވާނެއެވެ.

            ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި މި ޓްރައިބިއުނަލަށް ފައިސާ ދެއްކެމަށްފަހު އެތަކެތި ގެންދަންވާނެއެވެ.

            މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3001533 ނަންބަރު ފޯނަށެވެ.

01 ފެބުރުވަރީ 2024
ހޯދާ