މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސަރ

ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

އިކޮނޮމިކް ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް (ޔުނިޓް)

މުސާރަ:

-/5610 ރުފިޔާ  

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

ރަމަޟާންމަހުގެ މުނާސަބަތުގައިދޭ އެލަވަންސް، އިތުރުގަޑީގެ މަސައްކަތަށްދޭ ފައިސާ، އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާތީ މުސާރައިގެ އިތުރުންދޭ އެލަވަންސް، ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

އަސާސީ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން  ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ކައުންސިލް އިދާރާގެ އިކޮނޮމިކް ތަރައްޤީކޮށް ދެމެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ކޮންމެ އަހަރެއް ނިމުމުގެކުރިން ކުރިޔަށްއޮތް އަހަރުގެ ރަށުގެ ބިމުގެ ޕްލޭންހަދައި، ބަޖެޓްކުރުން.
  • ކަނޑުގައި ދުއްވާ އުޅަނދުފަހަރު މިނެ މާވަޑިޔާދޭ ސެޓްފިކެޓްގައި ޖަހާފައިވާ މިންތައް ބަލައި ޗެކުކުރުމުގެ މަސައްކަތް.
  • މަސްވެރިންނާއި، ވިޔަފާރިވެރިންނާ،އި ދަނޑުވެރިންނާ ގުޅުންހުރި ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ކަންތައްތައް ހިންގައި ބެލެހެއްޓުން.
  • ކައުންސިލްގެ އިދާރާއިން ކުރަންޖެހޭ ތަޙްޤީޤުތައްކުރުމާއި، އިދާރާގައި އެއްވެސް ތަޙްޤީޤެއް ހިނގާނަމަ އެކަން ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  • ފަޅުން ވެލިނެގުމުގެ ހުއްދަ ދިނުމާއި، އަގުދައްކަންޖެހޭގޮތަށް ނަގާ ވެލީގެ އަގުނެގުމުގެ ކަންތައް ހަމަޖެއްސުން.
  • ފަޅާއި ގޮޑުދޮށްތައް ޙިމާޔަތްކޮށް ބެލެހެއްޓުމާއި، ތިމާވެށީގެ ކަންތައްތައް ބެލެހެއްޓުން.
  • ކައުންސިލުން އެކިފަރާތްތަކާއެކު ކުރެވޭ އެގްރީމަންޓުތަކާބެހޭ އެންމެހައި ކަންތައްތައް މުއްދަތު ހަމަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ބެލެހެއްޓުން.
  • އެކި މީސްމީހުންގެ ކުށުގެ ރެކޯޑު އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • އެއްގަމު އުޅަނދުފަހަރު ދުއްވުމަށާއި، ހިނގާބިނގާވެ އުޅުމުގެ އިންތިޒާމުތައް ހަމަޖައްސައި، މަގުތަކާއި ގޯޅިތައް ހަދައި، މަރާމާތުކޮށް، ނަންބޯޑުޖަހައި، މަގުތަކާއި ގޯޅިތައް އަބަދުވެސް ސާފުތާހިރުކޮށް ބޭއްވުމަށް ސަމާލުކަންދީ، އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ރަށުން ބިންދޫކުރުމާއި، ބިމާއި އިމާރާތް ރަޖިސްޓަރީކުރުމާއި، ރަށުގައި ޢިމާރާތްކުރުމުގެ ކަންކަން ބަލަހައްޓާ އެކިއެކި ފަރާތްފަރާތުން ރަށުގެ ބިމާގުޅޭގޮތުން ހިންގާ ބިމާބެހޭ އެންމެހައި މުޢާމަލާތުތަކުގެ ރެކޯޑުތައް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މި ނޫންވެސް ޤާނޫނުތަކުގައިވާ ގޮތުގެމަތިން ބެލެހެއްޓުމުގެ އިދާރީ ކަންކަން ކުރުން.
  • ރަށުން ދޫކޮށްފައިވާ ގޯތިތަކާއި ބިންބިމުގެ މިންއަޅައި، އިންވަކިކޮށްދިނުމާއި، ރަޖިސްޓަރީ ހަދައިދިނުމާއި، އިން އޮޅުނަނުދީ ބެލެހެއްޓުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
  • ރަށުގެ އެކި ސަރަހައްދުތަކުގައި މަޢްލޫމާތު ބޯޑުތައް ޖަހައި ބެލެހެއްޓުމާއި، ތިމާވެށި ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ރަށުގެ ބިންބިމުގެ ދަފްތަރު އެކުލަވައި، އެ ދަފްތަރު ބެލެހެއްޓުމާއި، ބިމާބެހޭ ޤައުމީ ދަފްތަރު އެކުލަވާ ބަލަހައްޓާ އިދާރާއަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ހުސްނުވާ އާސަންދައާއި ޕެންޝަން ސްކީމް ޕްރޮގްރާމާ ގުޅޭ ކައުންސިލުން ބަލަހައްޓަންޖެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • އާސާރީ ތަންތަން ބެލެހެއްޓުމާއި، ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުމުގައި އިދާރީގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  • އިދާރީ މުވައްޒަފަކު ޗުއްޓީ ނަގައިފިނަމަ، އެ މުވައަޒަފަކު ކުރަމުންގެންދިޔަ މަސައްކަތުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ވަގުތީގޮތުން ކުރުން.
  • މީގެ އިތުރުންވެސް، ކައުންސިލް އިދާރާގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ވެރިން އަންގަވާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

1. ލާމަރުކަޒީ ޤާނޫނާއި ޤަވާއިދަށް އަހުލުވެރިވުން.

2. ސިވިލް ސަރވިސްގެ ޤާނޫނަށާއި ޤަވާއިދަށް އަހުލުވެރިވުން.

3. މާލިއްޔަތާބެހޭ ޤަނޫނާއި ޤަވާއިދަށް އަހުލުވެރިވުން.

4. ވަޒީފާއާބެހޭ ޤާނޫނާއި ޤަވާޢިދަށް އަހުލުވެރިވުން.

އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާންކުރުން ބޭއްވުމަށް ކަނޑައަޅާފައިވާ މުއްދަތުތަކާއި އޮންނާނެ ތަން:

އިންޓަވިއުއާއި ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސް އިމްތިޙާންކުރުން ބޭއްވޭނީ، 2015 އެޕްރީލް 15 ވަނަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާގައެވެ.

އެޕްލިކޭޝަން ފޮނުވަންޖެހޭ ތާރީޚާއި ތަން:

2015 އެޕްރީލް 14 އަންގާރަ ދުވަހުގެ މެންދުރު 12:30 ގެ ކުރިން މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ (ކ. ހުރާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު  (އެޕްލިކޭޝަން ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ކައުންސިލްގެ އިދާރާއިން ފޯމު ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތްނަމަ މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާއަދާކުރާ އޮފީހުގެ ލިޔުމެއް.

3- ވަޒީފާއަށް އެދޭފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ) އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާއި އެއްގޮތް ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ). (އެޓެސްޓް ކޮށް ހުށަހަޅާ ލިޔުންތަކުގައި، އެޓެސްޓުކުރި ފަރާތުގެ ނަމާއި، ތާރީޚާއި، ސޮއި، އަދި އެޓެސްޓްކުރި އޮފީހުގެ ތައްގަނޑު ޖަހާފައި ނުވާނަމަ، އެލިޔުންތައް ބަލައި ނުގަނެވޭނެއެވެ.)

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6640074 ނަންބަރު ފޯނަށް ފޯނު ނުވަތަ 7752778 ފޯނަށެވެ. ފެކްސް ނަމްބަރަކީ 6640074 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 10 ޖުމާދަލްއާޚިރާ 1436

30 މާރިޗު 2015
ހޯދާ