މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރީ ކުރުމަށް އިމްޕޯޓަރުންނަށް އެންގުމާއި ގުޅޭ

ދިވެހިރާއްޖެއަށް އެތެރެކުރާ ބުއްފުޅިއާއި ބުއްފުޅީގެ ތުން ރަޖިސްޓަރ ކުރުމަށް އިމްޕޯޓަރުންނަށް އެންގުމާއިގުޅޭ

"ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު"ގައި ބަޔާންކުރާ 'ކަނޑައެޅިފައިވާ އުފެއްދުންތައް' ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެމުންދަނީ މި އޮތޯރިޓީގެ ދިރިތި ޕޯޓަލްގައި ރަޖިސްޓަރީ ކުރުމަށްފަހުއެވެ. 2015ވަނަ އަހަރުން ފެށިގެން މި ޤަވާޢިދުގައި ބަޔާންކޮށްފައިވާ "ކަނޑައެޅިފައިވާ އުފެއްދުންތައް" ރަޖިސްޓަރީ ކުރަމުން ދިޔަ ނަމަވެސް، މިހާރަކަށް އައިސް މިފަދަ ތަކެތި މި އޮތޯރިޓީގައި ރަޖިސްޓަރީ ނުކޮށް އިމްޕޯޓު ކުރަމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

ވީމާ، މި އުފެއްދުންތައް އެތެރެކުރާ ފަރާތްތަކުން 31 ޖުލައި 2024 ގެ ފަހުން އެމް.އެފް.ޑީ.އޭގައި ރަޖިސްޓަރީ ކުރުމަށް ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

21 ރަޖަބު 1445ހ.

01 ފެބުރުވަރީ 2024މ.

01 ފެބުރުވަރީ 2024
ހޯދާ