ދިވެހިރާއްޖެ
ބ. ދަރަވަންދޫ ހާބަރުގެ ހުޅަނގު ބިމުގައި ވިޔަފާރި ތަރައްޤީކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ހުޅުވާލާ ފުރުޞަތު
ބ. ދަރަވަންދޫ ބަނދަރުގެ ހުޅަނގުގައިވާ ހުސްބިމުން 20 ފޫޓު ފުޅާ އަދި 30 ފޫޓު ދިގު، ޖުމުލަ: 600 (ހަސަތޭކަ) އަކަފޫޓުގެ 5 ބިން 15 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހެޅޭނެ ތާރީޚަކީ 2015 އެޕްރީލް 06 ވާ ހޯމަ ދުވަހުން ފެށިގެން 2015 އެޕްރީލް 15 ވާ ބުދަ ދުވަހުގެ 15:00 އަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިކަމަށް އެދި ސިޓީ ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށާއި ބިޑު ހުށަހެޅުއްވުމަށް ކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
ބިޑު ހުށަހެޅުއްވުން |
2015 އެޕްރީލް 16 ވާ ބުރާސްފަތި ދުވަހުގެ 11:00 |
2015 އެޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ 14:00 |
އެއްވެސް ހުށަހެޅުމެއް ހުށަހެޅޭނީ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ މަޢުލޫމާތު ލިބިގަންނަ ފަރާތްތަކަށެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި އަދި ފުރިހަމަނުވާ ހުށަހެޅުންތައް ބާޠިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ނަންބަރު: 6600002 ފޯނަށް ގުޅުއްވާ ނުވަތަ އީމެއިލް، [email protected] ކުރެއްވުން އެދެމެވެ.