މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
3 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމާއި ގުޅޭ

 މި ކުންފުނީގެ ބޭނުމަށް 3 ކޮޓަރީގެ އެޕާޓްމަންޓެއް، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ބޭނުންވެ ކުރެވުނު ނަންބަރު PD/1/2023/157 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

 ވީމާ، މިކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް އެޕާޓްމަންޓް ކުއްޔަށް ދޫކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

މައުލޫމާތު ސާފުކުރުމާއި ރަޖިސްޓަރީވުން

 

 04 ފެބްރުއަރީ 2024 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން މި ލިންކުން   (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް އިތުރު މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން   ހިއްސާކުރެވޭނެއެވެ. އަދި ރަޖިސްޓަރީ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި   ނުގަނެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

 07 ފެބްރުއަރީ 2024 ވާ ބުދަ ދުވަހުގެ 11:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

 ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

 އަގު ހުށަހަޅާ ފޯމް، ދާއިރާގެ ތަޖުރިބާ އަދި މައުލޫމާތު ޝީޓްގައި ގައި   ބަޔާންކޮށްފައިވާ ލިޔުންތައް

  މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށް ވެންނެވުމަށް ފަހު މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

  އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އަށެވެ.

 

01 ފެބުރުވަރީ 2024
ހޯދާ