ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.ކުޑަހުވަދޫ ޕްރީސްކޫލް ހިންގުމަށް ޝަޢުގުވެރިވާފަރަތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

ދ.ކުޑަހުވަދޫ ޕްރީސްކޫލު 05 އަހަރު ދުވަހުގެ މުއްދަތަށް ހިންގުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި ކައުންސިލުން ބަލައިގަންނަ ފެންވަރަށް ޕްރީސްކޫލުގެ ޚިދުމަތް ފޯރުކޮށްދޭނަމަ 05 އަހަރުދުވަހުގެ މުއްދަތު އިތުރުކޮށްދެވޭނެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާނެއެވެ.

                    މި މަސައްކަތާއިގުޅޭގޮތުން އެއްވެސް ކަމެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ، 2024 ފެބްރުއަރީ 08 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާގެ މެއިލް [email protected] އަށް ހުށަހެޅުއްވުން އެދެމެވެ.

                ޕްރޮޕޯސަލް ހުޅުވުން އޮންނާނީ 11 ފެބްރުއަރީ 2024 ވާ ބުރާސްފަތި  ދުވަހުގެ 11:00 ގައި  ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި، ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެތިބި ފަރާތްތަކުގެ ހާޒިރުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައިވާ މައުލޫމާތާއި އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެ އެވެ. ޕްރޮޕޯސަލް ހުށަހަޅުއްވާނީ ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލް އިދާރާ އަށް ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ޕްރޮޕޯސަލް ހުށަހަޅާ ފަރާތުގެ ނަމާއި ތާރީޚް އަދި އިޢުލާން ނަމްބަރު ލިޔެވިފައި އޮންނަން ވާނެއެވެ.

                   ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

31 ޖަނަވަރީ 2024
ހޯދާ