އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު - ކުޅުދުއްފުށި ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން

(IUL)38-AC/38/2024/99 :ނަންބަރު

އިޢުލާން

2024 މާރިޗު 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުޅުދުއްފުށި ސިޓީގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަޙައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ކޯޑު

ވޯޓުފޮށީގެ ނަންބަރު

ހދ. ކުޅުދުއްފުށި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށި ކެންޕަސް، ކްލާސް 3

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަޤާމްމަގުގެ ހުޅަނގު ކޮޅުން ފެށިގެން އެމަގުން އިރަށް އައިސް، އަމީނީ މަގަށް، އަމީނީ މަގުން އުތުރަށް ގޮސް ކުދީނާ ހިނގުމަށް، އެމަގުން ހުޅަނގަށް ގޮސް އުދަރެސް ގޯޅިއަށް، އުދަރެސް ގޯޅިން ހުޅަނގަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ހދ. ކުޅުދުއްފުށި-1

B04.09.1

35

ހދ. ކުޅުދުއްފުށި، ޖަލާލުއްދީން ސްކޫލް ހޯލުގެ ހުޅަނގު

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ އުދަރެސް ގޯޅީގެ ހުޅަނގު ކޮޅުން ފެށިގެން އެގޯޅިން އިރަށް އައިސް، ކުދީނާ ހިނގުމަށް، ކުދީނާ ހިނގުމުން އިރަށް އައިސް އަމީނީ މަގަށް، އަމީނީ މަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-2

B04.09.2

36

ހދ. ކުޅުދުއްފުށި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ ހުޅަނގު

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަގާންމަގުގެ އިރުމަތީކޮޅުން ފެށިގެން ހުޅަނގަށް ގޮސް ފިނިހިޔާގޯޅިން އުތުރަށް، މިސްކިތްމަގުން އިރަށް ސޯފިޔާހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް، އޯކިޑްމަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ  މީހުންނެވެ.

ހދ. ކުޅުދުއްފުށި-3

B04.09.3

37

ހދ. ކުޅުދުއްފުށި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ އިރުމަތި

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ އަމީނީމަގު އުތުރުކޮޅުން ފެށިގެން ދެކުނަށް ގޮސް، މަގާންމަގުން އިރަށް ފިނިހިޔާގޯޅިން އުތުރަށް، މިސްކިތްމަގުން އިރަށް ސޯފިޔާހިނގުމުން އުތުރަށް، ބޯޅަދަނޑުމަގުން އިރަށް، އޯކިޑްމަގުން އުތުރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-4

B04.09.4

38

ހދ. ކުޅުދުއްފުށި، ނޮދަރން އޮފީސް ކޮމްޕްލެކްސް ޖަލްސާ ކުރާ މާލަން

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަޤާމު މަގުގެ ހުޅަނގުކޮޅުން ފެށިގެން އެމަގުން އިރަށް އައިސް އަމީނީ މަގަށް، އަމީނީ މަގުން ދެކުނަށް ގޮސް ނިމޭ   ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-5

B05.09.1

39

ހދ. ކުޅުދުއްފުށި، ޖަލާލުއްދީން ސްކޫލް ހޯލުގެ އިރުމަތި

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީގައި ދިރިއުޅޭ އެހެނިހެން ދިވެހިރައްޔިތުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-6

B05.09.2

40

ހދ. ކުޅުދުއްފުށި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ކުޅުދުއްފުށި ކެންޕަސް، ކްލާސް ރޫމް 4

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މަޤާމްމަގުން އިރުމަތީކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީ މަގުން، އަމީނީ މަގުން ދެކުނަށް ނިކަގަސް މަގަށް، ނިކަގަސް މަގުން އިރަށްގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-7

B05.09.3

41

ހދ. ކުޅުދުއްފުށި، ޢަފީފުއްދީން ސްކޫލް ހޯލުގެ ދެކުނު ކޮޅު 

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ ނިކަގަސް މަގުގެ އިރުމަތީ ކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް އަމީނީ މަގަށް، އަމީނީ މަގުން ދެކުނަށް ގޮސް ގުލާބީ ހިނގުމަށް، ގުލާބީ ހިނގުމުން ދެކުނަށް ގޮސް މުދިންކަލޭގެ މަގުން އިރަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-8

B05.09.4

42

ހދ. ކުޅުދުއްފުށި، އަފީފުއްދީން ސްކޫލް ހޯލުގެ އުތުރު ކޮޅު   

މި ފޮށްޓަށް ވޯޓުލާނީ ކުޅުދުއްފުށީ މުދިންކަލޭގެމަގު އިރުމަތީ ކޮޅުން ފެށިގެން އެމަގުން ހުޅަނގަށް އައިސް ގުލާބީ ހިނގުމަށް، ގުލާބީ ހިނގުމުން ހުޅަނގަށް ގޮސް އަމީނީ މަގަށް، އަމީނި މަގުން ދެކުނަށް ގޮސް ނިމޭ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ހދ. ކުޅުދުއްފުށި-9

B05.09.5

43

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.   

31 ޖަނަވަރީ 2024
ހޯދާ