މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލްގެ އަކުރިސް ލާންޗުގައިހުރި ޔަމަހާ ފޯސްޓޮކް 200 ހޯސްޕަވަރގެ ދެއިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް

އަތޮޅު ކައުންސިލްގެ އަކުރިސް ލާންޗުގައިހުރި ޔަމަހާ ފޯސްޓޮކް 200 ހޯސްޕަވަރގެ ދެއިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުން

މިކައުންސިލްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު: G2748A-02 07-E އަކުރިސް ލާންޗުގައި އަޅާފައިހުރި ޔަމަހާ ފޯސްޓޮކް އައުޓްބޯޑް 200 ހޯސްޕަވަރގެ ދެ އިންޖީނު ސިޓީލާ ނީލަމުގައި ވިއްކާލުމަށް ޢާންމުކޮށް ހުޅުވާލަމެވެ.

ވީމާ، މި ދެ އިންޖީނު ސިޓީލާ ނީލަމުގައި ގަތުމަށް ބޭނުންވާ ފަރާތްތަކުން 06 އެޕްރީލް 2015 ވަނަ ދުވަހުން ފެށިގެން 23 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އާ ހަމައަށް މިކައުންސިލަށް ސިޓީއަކުން އަގު ހުށަހަޅަމުން ގެންދިއުން އެދެމެވެ. ހުށަހެޅިފައިވާ އެންމެ މަތީ އަގު މިއިދާރާއާއި މި ދާއިރާގެ ރަށްރަށުގެ ކައުންސިލްތަކުގެ ނޯޓިސްބޯޑުގައި ކޮންމެ ދުވަހަކު 13:00 ގެ ފަހުން ޢާންމުކޮށް ފެންނަން ހުންނާނެ ވާހަކަ ދަންނަވަމެވެ. ނީލަމުގެ އަގު ޢާންމު ކުރުމާއެކު އެކަށީގެންވާ އަގެއްގައި ޖެހިޖެހިގެން 72 ގަޑިއިރު އެއްއަގެއް އޮވެއްޖެނަމަ ނީލަން ނިންމާލެވޭނެ ވާހަކަ ދަންނަވަމެވެ. މި ދެއިންޖީނަކީ މިހާރުވެސް ލާންޗް ދުއްވުމަށް ބޭނުންކުރާ ދެއިންޖީނެވެ. އިންޖީނު މިއަދާ ހަމައަށް ހިންގާފައިވަނީ އެއް އިންޖީނު 1238 ގަޑިއިރު އަނެއް އިންޖީނު 1241 ގަޑިއިރެވެ.

ނީލަން ފެށޭ އަގަކީ ކޮންމެ އިންޖީނެއް ވަކިން -/120000 ( އެއްލައްކަ ވިހިހާސް ރުފިޔާ ) އެވެ. އަދި ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން ފަހަރަކު -/2،000 ( ދެހާސް ރުފިޔާ ) އެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 6580027 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580238 އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ. މި ދެއިންޖީނު ބައްލަވާލަން ބޭނުންފުޅުވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން ފެށިގެން 15:00 އަށް މި ކައުންސިލް އިދާރާއަށް ވަޑައިގަތުމުން ފެންނަގޮތަށް އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން ޢާންމުކޮން އަންގައި އިޢުލާން ކުރީމެވެ. 

16 ޖުމާދަލްއާޚިރާ 1436

05 އޭޕްރިލް 2015
ހޯދާ