ދިވެހިރާއްޖެ
(IUL)38-AC/38/2024/92 :ނަންބަރު
އިޢުލާން
2024 މާރިޗު 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ދ. މީދޫ، ދ.އަތޮޅު މަދަރުސާގެ ކްލާސްރޫމް 1 (މެއިން ހޯލް) |
މި ފޮށްޓަށް ވޯޓުލާނީ ދ. މީދޫ ބަނދަރު ސަރަހައްދުން ފެށިގެން ޗާންދަނީމަގުން އިރަށް އައިސް ފަރީދީމަގުގެ އުތުރުން އަމީނީމަގުން އިރަށް، ސޯސަންމަގުން ދެކުނަށް، ރަށުގެ ބޭރުން ހުޅަނގަށް ގޮސް ބަނދަރާހަމައަށްވާ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. މީދޫ-1 |
M01.01.1 |
203 |
ދ. މީދޫ، ދ.އަތޮޅު މަދަރުސާގެ ކްލާސްރޫމް 2 (ޕްރީސްކޫލް ކުލާސް) |
މި ފޮށްޓަށް ވޯޓުލާނީ ދ. މީދޫ ބަނދަރު ސަރަހައްދުން ފެށިގެން ޗާންދަނީމަގުން އިރަށް އައިސް ފަރީދީމަގުގެ އުތުރުން އަމީނީމަގުން އިރަށް، ސޯސަންމަގުން ދެކުނަށް، ރަށުގެ ބޭރުން އިރުއުތުރުން ހިތްފަސޭހަ މަގުން ހުޅަނގަށް ބަނދަރާހަމައަށްވާ ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ދ. މީދޫ-2 |
M01.01.2 |
204 |
ދ. ބަނޑިދޫ، ބަނޑިދޫ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ބަނޑިދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ބަނޑިދޫ-1 |
M01.02.1 |
205 |
ދ. ރިނބުދޫ، ރިނބުދޫ ސްކޫލް ކްލާސް ރޫމް 01 |
މި ފޮށްޓަށް ވޯޓުލާނީ ރިނބުދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ރިނބުދޫ-1 |
M01.03.1 |
206 |
ދ. ހުޅުދެލި، ހުޅުދެލީ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ހުޅުދެލީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. ހުޅުދެލި-1 |
M01.04.1 |
207 |
ދ. މާއެނބުދޫ، މާއެނބޫދޫ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ މާއެނބުދޫ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ދ. މާއެނބުދޫ-1 |
M02.06.1 |
208 |
ދ. ކުޑަހުވަދޫ، ކުޑަހުވަދޫ މަލްޓިޕަރޕަސް ބިލްޑިން ހޯލް |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން ހުޅަނގަށް ގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ދ. ކުޑަހުވަދޫ-1 |
M02.07.1 |
209 |
ދ. ކުޑަހުވަދޫ، ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ އިސްކަންދަރުމަގުން އިރުމަށްޗަށްގޮސް، ބޮޑުތަކުރުފާނުމަގުން އުތުރުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ދ. ވާނީ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ދ. ކުޑަހުވަދޫ-2 |
M02.07.2 |
210 |
ދ. ކުޑަހުވަދޫ، ކުޑަހުވަދޫ ޕްރީ ސްކޫލުގެ ހޯލު |
މި ފޮށްޓަށް ވޯޓުލާނީ ކުޑަހުވަދޫ ބޮޑުތަކުރުފާނުމަގުގެ ދެކުނު ފަޅީގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ދ. ކުޑަހުވަދޫ-3 |
M02.07.3 |
211 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.