ދިވެހިރާއްޖެ
IUL)38-AC/38/2024/85 :ނަންބަރު
އިޢުލާން
2024 މާރިޗު 17 ވާ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓުފޮށީގެ ނަންބަރު، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މިދަންނަވަނީއެވެ.
ވޯޓުފޮށި ބަހައްޓާ ރަށް/ތަން |
ވޯޓުލާ ސަރަޙައްދު |
ވޯޓުފޮށީގެ ނަން |
ވޯޓުފޮށީގެ ކޯޑު |
ވޯޓުފޮށީގެ ނަންބަރު |
ޅ. ހިންނަވަރު، ޅ.އަތޮޅު ތައުލީމީމަރުކަޒުގެ އޭވީ ރޫމް |
މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތީފަޅިން ކިޓީވޭކް އިން ފެށިގެންދެކުނަށް ބުސްތާނުގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގު ފަޅިން ފުޅޮއިން ފެށިގެން ދެކުނަށް ސަންގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، އާހިންނަވަރުގެ ރޯޒް ހިމެނޭ 1 ނަންބަރު ބްލޮކް އިން ފެށިގެން ދެކުނަށް ރެސިން ހިމެނޭ 5 ނަންބަރު ބްލޮކްގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-1 |
G01.01.1 |
128 |
ޅ. ހިންނަވަރު، ޅ އަތޮޅު ތައުލީމީ މަރުކަޒުގެ ކުލާސްރޫމް (ކީސްޓޭޖް 1 1B) |
މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން ސުވާސާގެ ހިމެނޭ ބްލޮކް އިން ފެށިގެން ދެކުނަށް ލައިފްސީ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ތަރުމޯޒުގެއިން ފެށިގެން ދެކުނަށް ހީރާގެ ހިމެނޭ ބްލޮކް ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ހިންނަވަރު-2 |
G01.01.2 |
129 |
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ އިރުމަތީގައި |
މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ އިރުމަތިފަޅިން މަންޒަރުގެއިން ފެށިގެން ދެކުނަށް ދިލްކަޝްގެ އުތުރުބައި ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ދުންތަރިން ފެށިގެން ދެކުނަށް ބިޖްލީގެ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ހިންނަވަރު-3 |
G01.01.3 |
130 |
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ މެދު |
މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުން އިރުމަތީފަޅިން މާތިލަ އިން ފެށިގެން ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނާއި، ބޮޑުމަގުގެ ހުޅަނގުފަޅިން ވިލެޖް އިން ފެށިގެން ދެކުނަށް ހުރި ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-4 |
G01.01.4 |
131 |
ޅ. ހިންނަވަރު، ޅ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގެ ހުޅަނގު |
މި ފޮށްޓަށް ވޯޓުލާނީ ހިންނަވަރު ބޮޑުމަގުގެ ހުޅަނގު ފަޅިން ނޯތުވޭ އިން ފެށިގެން ދެކުނަށް ގޮސް ގުލްބަހާރުގެ ނިމޭ ހިސާބަށް ހުރި ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނާއި، އާހިންނަވަރުގެ މާޝަލް ހިމެނޭ 06 ނަންބަރު ބްލޮކް އިން ފެށިގެން ދެކުނަށް ފިނިރޯޅި ހިމެނޭ 14 ނަންބަރު ބްލޮކްގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރިގައިވާ މީހުންނެވެ. |
ޅ. ހިންނަވަރު-5 |
G01.01.5 |
132 |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު އިފްތިތާޙީ މަގުގެ އުތުރުން ޓިޔުލިޕްހިނގުމުން އުތުރަށް ގޮސް ރޯޝަނީގެއާ ހަމައިން ހުޅަނގަށް ވަށައިލެވޭ ސަރަޙައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ނައިފަރު ދަފްތަރުގައި ރަޖިސްޓަރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-1 |
G02.02.1 |
133 |
ޅ. ނައިފަރު، |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޖަލާލުއްދިން މަގުން ދެކުނުން ޓިޔުލިޕްހިނގުމުން ހުޅަނގަށް ގޮސް ވަށައިލެވޭ ސަރަޙައްދުގެ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި ދ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ފުވައްމުލަކު ސިޓީ، އައްޑޫ ސިޓީ އަދި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ނައިފަރު-2 |
G02.02.2 |
134 |
ޅ. ނައިފަރު، އައި ޔޫ އެމް ނޫރާނީ ޕްރީސްކޫލް ކްލާސްރޫމް 1 |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިގުމުން ހުޅަނގަށް ގޮސް ޖަލާލުއްދީން މަގާ ހަމަޔަށް ވަށާލެވޭ ގެތަކުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި، އިފްތިތާޙީ މަގުން ދެކުނުން ޓިޔުލިޕް ހިނގުމުން ހުޅަނގަށް ފިނިއުނިމާގެއާ ހިސާބުން ހުޅަނގަށް އެކަތައާ ހިސާބުން އުތުރަށް ވަށައިލެވިގެންގޮސް ތަރަހައާ ހަމައިން ހުޅަނގަށް ގޮސް ރޯޝަންގެއާ ހަމައިން ވަށާލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-3 |
G02.02.3 |
135 |
ޅ. ނައިފަރު، ވިލާ ކޮލެޖް ނައިފަރު ކެމްޕަސް ހޯލް |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޓިޔުލިޕް ހިނގުމުގެ އިރުން ކަނޑުފެންނަގެއިން ފެށިގެން ހުޅަނގަށް ހެޕީބީޗް އާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ޓިޔުލިޕް ހިނގުމުން ހުޅަނގަށް އުތުރުގެއާ ހިސާބުން އިރަށް ގޮސް ނޫކޮކާގެއާ ހިސާބުން ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި ކުޅުދުއްފުށި ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ. |
ޅ. ނައިފަރު-4 |
G02.02.4 |
136 |
ޅ. ނައިފަރު، މަދްރަސަތުލް އިފްތިތާޙްގެ އީ ބްލޮކްގެ ކްލާސްރޫމް |
މި ފޮށްޓަށް ވޯޓުލާނީ ނައިފަރު ޓިޔުލިޕް ހިނގުމުގެ އިރުން ވިނޯގެއާ ހިސާބުން އިރަށްގޮސް ހަބަރޭވިލާއާ ހަމައިން ދެކުނަށްގޮސް ވަށައިލެވޭ ސަރަހައްދުގައި ހިމެނޭ ގެތަކުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނެވެ. |
ޅ. ނައިފަރު-5 |
G02.02.5 |
137 |
ޅ. ކުރެންދޫ، ޅ. އަތޮޅު މަދަރުސާގެ އޭ ވީ ރޫމް |
މި ފޮށްޓަށް ވޯޓުލާނީ ކުރެންދޫ ޅޮސްގަސްމަގުން އިރަށް، ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސަމްގޯޅިން އިރަށް ރަށްދެބައިމަގާއި ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާ ހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލަސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާ ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާ ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑި މަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ޅ. ކުރެންދޫ-1 |
G03.03.1 |
138 |
ޅ. ކުރެންދޫ، |
މި ފޮއްޓަށް ވޯޓުލާނީ، ކުރެންދޫ ޅޮސްގަސްމަގުން އިރަށް ހުސައިނީގޯޅިއާ ހަމައަށް، ހުސައިނީގޯޅިން ދެކުނަށް ބްލާސަމްގޯޅިއާ ހަމައަށް، ބްލާސާމްގޯޅިން އިރަށް ރަށްދެބައިމަގާ ހަމައަށް، ރަށްދެބައިމަގުން ދެކުނަށް ރަބީޢީގޯޅިއާހަމައަށް، ރަބީޢީގޯޅިން އިރަށް ދިލާސާގޯޅިއާ ހަމައަށް، ދިލާސާގޯޅިން ދެކުނަށް ފަނޑިޔާރުމަގާއި ހަމައަށް، ފަނޑިޔާރުމަގުން އިރަށް ޝަބްނަމީގޯޅިއާއި ހަމައަށް، ޝަބްނަމީގޯޅިން އުތުރަށް ކޯރުކެނޑިމަގާއި ހަމައަށް، ކޯރުކެނޑިމަގުގެ އިރަށް މަގުގެ އިރުމަތީ ކޮޅު ސަރަޙައްދުގެ ދެކުނުގައިވާ ގޭގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ. |
ޅ. ކުރެންދޫ-2 |
G03.03.2 |
139 |
ޅ. އޮޅުވެލިފުށި، އޮޅުވެލިފުށި ރިސޯސް ސެންޓަރ |
މި ފޮށްޓަށް ވޯޓުލާނީ އޮޅުވެލިފުށީ ރައްޔިތުންނާއި މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ އެހެނިހެން ދިވެހި ރައްޔިތުންނެވެ. |
ޅ. އޮޅުވެލިފުށި-1 |
G03.04.1 |
140 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.