ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ސަވާދީއްތަ ދަތުރާއި ގުޅިގެން ގާޑިޔާ ބެހެއްޓުމުގެ ފުރުސަތު ހުޅުވާލުން؛
މޯލްޑިވްސް އިންޓިގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ސަވާދީއްތަ ދަތުރު 3" ގައި 2024 ފެބުރުވަރީ 23 ވަނަ ދުވަހު މިރަށުގައި ބަނދަރުކުރުމަށް ހަމަޖެހިފައިވެއެވެ. ސަވާދީއްތަ ދަތުރުގެ ޙަރަކާތްތައް ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަޙައްދުތަކުގައި ގާޑިޔާ ބެހެއްޓުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ގާޑިޔާ ބަހައްޓަން ބޭނުންވާ ފަރާތްތަކުން 2024 ފެބުރުވަރީ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިމިވާ އީމެއިލް މެދުވެރިކޮށް ނަން ނޯޓު ކުރެއްވުން އެދެމެވެ. އީމެއިލް: [email protected]
ގާޑިޔާގެ ބާވަތްތައް؛
- ސުވެނިއަރ އައިޓަމްސް
- ހެދިކާ، ޕޮޕްކޯން ލުއިކާނާގެ ބާވަތްތައް
- ޖޫސްޕެޓީ، ލޮލީ، ކަފަ ލޮލީ، ސޮފްޓް ޑްރިންކްސް، ފެން
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
31 ޖަނަވަރީ 2024
ހޯދާ