ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ގްރީން ހާރޓް މިހާރު ހިންގަމުންދާ ބިމާއި އިމާރާތް ކުއްޔަށް ދޫކުރުމަށް އިޢުލާނު ކުރަމެވެ. ވީމާ މިދެންނެވި ސަރަޙައްދުގައި ކޮމާޝިއަލް ބޭނުންތަކަށް ވިޔަފާރިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލަމެވެ.
މި އިޢުލާނަށް ބީލަން ހުށަހެޅުއްވޭނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރާތްތަކަށް އެކަންޏެވެ.
ނަން ނޯޓް ކުރުން/ ރަޖިސްޓްރޭޝަން |
|
ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން |
|
ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން |
|
މާކްސް ދިނުން |
- ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ ޖުމުލަ އަގަށް 50% - ބިމުކުލީގެ ގޮތުގައި ހުށަހަޅާފައިވާ އަގަށް ގެންނަ ބަދަލުގެ އިންސައްތައަށް 10%
ޕްރޮޕޯސަލްއިވެލުއޭޓްކުރުމުގައިބެލޭނެކަންކަމާއިޕޮއިންޓްދެވޭނެގޮތް (40 އިންސައްތަ ބެހިފައިވާ ގޮތް) - ޙިދުމަތް ދިނުމަށް ފަށާނެ މުއްދަތު 5% - ޙިދުމަތުގެ މުއްދަތަށް %5 - ވަޒީފާ އުފައްދާ މިންވަރު - 15% - ތަޖުރިބާ- 15% |
އިތުރު މަޢުލޫމާތު: |
- ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ - ނ. ކެނދިކުޅުދޫ، ދިވެހިރާއްޖެ، - ފޯން: 6560013 ނުވަތަ 6560663 (ރަސްމީ ގަޑީގައި) - އީމެއިލް: [email protected] |
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
20 ރަޖަބު 1445
31 ޖަނަވަރީ 2024