ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ISO 9001:2008 ސެޓުފިކޭޝަން ހޯދަން
އަންދާސީހިސާބު ބޭނުންވެއްޖެ.
މި ޑިޕާޓްމަންޓުން ދެމުންގެންދާ ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ISO 9001:2008 ސެޓުފިކޭޝަން ހޯދަން ވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހުގެ 14:30 އަށް މިޑިޕާޓްމަންޓް (ހ. ވެލާނާގޭގެ 01 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 އެޕްރީލް 2015 ވާ ބުދަ ދުވަހުގެ 14:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
12 ޖުމާދަލްއާޚިރާ 1436
01 އޭޕްރިލް 2015
ހޯދާ