ދިވެހިރާއްޖެ
ބަންގްލަދޭޝް ގެ އަރމްޑް ފޯރސަސް މެޑިކަލް ކޮލެޖްގައި އެމް.ބީ.ބީ.އެސް އަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފައިވާކަމަށް، ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނުން ވަނީ އަންގަވައިފައެވެ. މި ފުރުޞަތުގެ ދަށުން ހުރިހާ ޚަރަދެއް ކުރަން ޖެހޭނީ ދަރިވަރުން އަމިއްލައަށެވެ. ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ފެބްރުއަރީ 2024 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. https://foreignstudents.dgme.gov.bd/login ސްކޮލަރޝިޕާއިބެހޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް ލިބޭނެއެވެ. https://afmc.edu.bd/international .............................................................................................................................................................. * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. * މީގެއިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރެއްވުން އެދެމެވެ. |