މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމު:

އެސިސްޓެންޓް  ޕްރެޒެންޓަރ ޕްރޮޑިއުސަރ ގްރޭޑް 3

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

1

ވަޒީފާ އަދާކުރަންޖެހޭތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެރޭޑިއޯ ޗެނަލްތައް

ފެންވަރު ނުވަތަ ޝަރުޠު:

ޖީ.ސީ.އީ އޭލެވެލް އިމްތިޙާނުގެ ދެމާއްދާއިން ފާސްވެފައިވުން ނުވަތަ މަޤާމާއި ގުޅޭ ދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  • ރޭޑިއޯ ޕްރޮގްރާމްތަކުގެ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ކޮންޓެންޓް، ހަމަޖެހިފައިވާ އުސޫލުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި ފާސްކޮށް، ޕްރޮގްރާމް އުފައްދާ، ހުށަހަޅާ ޕްރޮގްރާމްތަކަށް އަޑު އަޅައިދީ ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުން.
  • ރޭޑިޔޯ ކޮންޓިނިއުޓީ ގަޑިފުރާ ޚަބަރު ކިޔުން.
  • ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ހަފުލާތަކުގެ ރަނިންގް ކޮމެންޓްރީ ދިނުން. (ވަގުތުން ދުރަށް ފޮނުވުން)
  • ހަމަޖެހިފައިވާ އުސޫލުން ކޯޕަރޭޝަންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ރޭޑިޔޯ ޕްރޮގްރާމްތައް ހިއްސާކުރުން.
  • ރޭޑިޔޯ ޕްރޮގްރާމްތައް އުފެއްދުމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާދީ، ތަނުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • ހޭލުންތެރިކުރުވުމުގެ ސްޕޮޓް، ރޭޑިޔޯޑްރާމާ އަދި މިނޫންވެސް މިފަދަ ތަކެތި އުފެއްދުން.
  • އުފައްދާ ޕްރޮގްރާމުތަކުގެ ރެކޯޑް ބެލެހެއްޓުން.
  • މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ:

މަހަކު -/5،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،000 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.
  • އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ ގެ އަސްލު ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާފަރާތުގެ ވަނަވަރު.
  • ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްކަތުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތް ތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 އެޕްރީލް 12 ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.

12 ޖުމާދަލްއާޚިރާ 1436

01 އޭޕްރިލް 2015
ހޯދާ