ދިވެހިރާއްޖެ
މިއޮފީހުގެ ނަންބަރު 19/2014/19/IUL)196C) (ތާރީޚު:03 މާރިޗު 2015) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝަރުޠު ފުރިހަމަވާ ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމު: އިންފޮމޭޝަން އޮފިސަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 01 (އެކެއް)
މުސާރަ: -/7،395 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/1,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- އޮފީހުން މީޑިއާއަށް ހިއްސާކުރަން ބޭނުންވާ މަޢުލޫމާތު މީޑިއާއަށް ހިއްސާކުރުން.
- މީޑިޔާ މެދުވެރިކޮށްގެން ހާމަކުރަންޖެހޭ ޚަބަރާއި މަޢުލޫމާތު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކާއެކު ހިއްސާކުރުން.
- އޮފީހުން ބާއްވާ ނިއުސް ކޮންފަރެންސްތަކާއި ނިއުސް ބްރީފިންގ އިންތިޒާމް ހަމަޖެއްސުން.
- ޕްރޮސިކިއުޓަރ ޖެނެރަލްގެ ބިއުރޯގެ ބައެއް އިދާރީ މަސައްކަތް ކުރުން
ފެންވަރު ނުވަތަ ޝަރުޠު: މީޑިއާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 05 ން ފެށިގެން މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 09 އެޕްރީލް 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުންއެދެމެވެ. މިމަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީ ވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])
17 ޖުމާދަލްއާޚިރާ 1436