ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.
މަޤާމު |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ބޭނުންވާ އަދަދު |
1 (އެކެއް) |
ކްލެސިފިކޭޝަން |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ރޭންކް |
އެލް. އެސް. 2 |
އަސާސީ މުސާރަ |
9412.00 ރުފިޔާ |
މަސައްކަތްކުރަންޖެހޭ ތަނާއި ސެކްޝަން |
ފެމިލީކޯޓު |
އެލަވަންސްތަކާއި ޢިނާޔަތްތައް |
- ސަރވިސް އެލަވަންސް: 3000.00 ރުފިޔާ - ޖުޑީޝަލް އެލަވަންސް: މުސާރައިގެ %55 - ލިވިންގ އެލަވަންސް: 2700.00 ރުފިޔާ - އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ. |
އަސާސީ ޝަރުޠު |
- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުންް. |
މަސްއޫލިއްޔަތު |
- މެޖިސްޓްރޭޓް ކޯޓުތަކުން ފޮނުވާ ސިޓީތަކާއި މެސެކްތަކުގައިވާ މަޢުލޫމާތުތައް ފުރިހަމަތޯ ބަލައި، ޖަވާބުދިނުން. - ތަރިކައާއި، ހިބައާ ގުޅިގެން ނަގަންޖެހޭ ބަޔާން ނެގުމަށް ތާވަލުކޮށް، ބަޔާންނެގުމަށް ކޯޓަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އަމުރުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް ފޮނުވަންޖެހޭ އަމުރު ޗެކްކުރުން. - މެޖިސްޓްރޭޓް ކޯޓުތަކުން ތަރިކަ މައްސަލަތަކާ ގުޅިގެން އެކިފަރާތްތަކަށް އަންގާ އެންގުންތައް އެންގުން ނުވަތަ ފޮނުވާ ލިޔުންތައް އެފަރާތްތަކާ ހަވާލުކުރުވުން. - ކޯޓަށް ހާޒިރުނުވެވޭ ބަލިމީހުންގެ ބަޔާންތައް ގޭގެއަށް ގޮސްގެން ނެގުން. - މެޖިސްޓްރޭޓް ކޯޓުތަކަށް (މިލްކްވެރިކަން، ވާރިޘް، ދަރަނި/ ވަޞިއްޔަތް) ހާޒިރުކޮށްދިނުމަށް އެދި އިޢުލާންކުރުމަށް އެދޭ ސިޓީތަކާއި މެސެޖްތަކާ ގުޅިގެން ކުރަންޖެހޭ އިޢުލާންކުރުމާއި، އެ މަޢުލޫމާތު މެޖިސްޓްރޭޓް ކޯޓުތަކަށް ފޮނުވުމާއި، ރެކޯޑްތައް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެއްސުން. - މީގެ އިތުރުން، ކޯޓުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ވަޒީފާ ބަޔާނުގައި ހިމެނިފައިނެތް، އެހެންނަމަވެސް ޙާލަތު ނިޔާކުރާގޮތުން ކޯޓަށް މުވައްޒަފުގެ އެހީތެރިކަން ބޭނުންވެގެން، ކޯޓުގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރުމަށްޓަކައި ކޯޓުން ހަވާލުކުރެވޭ އިތުރު މަސައްކަތްތައް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނޭ ކަންތައްތައް: |
- އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - ލިީޑަރޝިޕް، ޓީމް ވޯކް، މައްސަލަ ޙައްލުކުރުމުގެ ޤާބިލުކަން ހުރި މިންވަރު. - ދިވެހިބަހާއި އިނގިރޭސީ ބަހުން މުޢާމަލާތްކުރުމުގެ ހުނަރު. - އެޓިޓިއުޑާއި، އިންޓަރޕާސަނަލް ސްކިލްސް. - ޝަރުޢީ ރިޕޯޓް ލިޔުމުގެ ހުނަރު. - އިންފޮމޭޝަން ޓެކްނޮލޮޖީ އަށް އަހުލުވެރިވެފައިވާ މިންވަރު. |
ހުށަހަޅަންޖެހޭ ތަކެތި: |
- ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓުން (www.familycourt.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. - ކުރިމަތިލާ ފަރާތުގެ ވަނަވަރު. - ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. - މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާސްކްރިޕްޓްގެ ކޮޕީ. - އަދާކޮށްފައިވާ ވަޒީފާތަކާއި، އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކާއި، މަޤާމުގައިވީ މުއްދަތާއި، މަސްޢޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ. ނޯޓް: މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، ވަޒީފާއަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެހެންކަމުން، އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ލިޔުން ގެންނަންވާނެއެވެ. |
ސުންގަޑި: |
20 އެޕްރީލް 2015 ގެ 14:30 ކުރިން. |
އިތުރު މަޢުލޫމާތު: |
- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ ފެމިލީ ކޯޓުން ކަނޑައަޅާ އިންޓަރވިއު ޕެނަލުގައި މި މަޤާމުގެ ވާޖިބުތައް އާދަކޮށްދެވޭނެކަން ސާބިތުކޮށްދިނުމުންނެވެ. - މި މަޤާމަށްއެދި ހުށަހަޅާ ފޯމްތަކުގެ ތެރެއިން، މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާކަމަށް މި ކޯޓުގެ އެޗް.އާރު ކޮމިޓީއަށް ފެންނަ ފޯމްތައް ކެންސަލް ކުރެވޭނެއެވެ. - ތަޢުލީމީ ސެޓްފިކެޓްތަކަށް މާކްސް ދިނުމުގައި ސާނަވީ / މަތީ ސާނަވީ މާއްދާތަކަށް މާކްސް ދެވޭނެވެ. ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 20 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، އިންޓަވިއު ޕެނަލުން ކަނޑައަޅާ އަދަދަކަށް، އިންޓަވިއުކުރާނެ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ. |
13 ޖުމާދަލްއާޚިރާ 1436 |