ދިވެހިރާއްޖެ
ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޯޑިނޭޓަރ
ވަޒީފާގެ ފުރުޞަތު
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މި މިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
| 
 މަޤާމް:  | 
 ޖެންޑާ، ނިއުޓްރިޝަން އެންޑް ސޯޝަލް އިންކުލޫޝަން ކޯޑިނޭޓަރ  | 
| 
 މުއްދަތު  | 
 ކޮންޓްރެކްޓް (1 އަހަރު) މަސައްކަތުގެ ފެންވަރަށް ބަލައި ކޮންޓްރެކެޓް އާކުރެވޭނެ.  | 
| 
 ބޭނުންވާ ޢަދަދު: މުސާރާ:  | 
 1 -/15،600 – 21،360 ރުފިޔާ  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ  | 
| 
 މަޤާމުގެ ޝަރުތު: މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:  | 
 ޖެންޑަރ/ސޯޝަލް ސައިންސް/ނިއުޓްރިޝަން ނުވަތަ ގުޅޭ ދާއިރާ އަކުން ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު މަދުވެގެން 7 އަހަރުގެ ތަޖުރިބާ ލިބިފައިވުން. 
 މި މަޤާމަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.  | 
ހުށަހަޅަންޖެހޭ ލިޔުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
 - ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 - ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ (ޓްރާންސްކްރިޕްޓް އާއިއެކު)
 - މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
 
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 7 ފެބްރުއަރީ 2024 ބުދަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް (5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގެ، ފަރީދީމަގު) އަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.
