ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ވޯޓާ ޑިސްޓިލާ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ނަންބަރު: TENDER/HMH/2024/005 

ހުޅުމާލެ ހޮސްޕިޓަލުގެ ލެބޯޓްރީއަށް ބޭނުންވާ ވޯޓާ ޑިސްޓިލާ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 2024 ފެބްރުވަރީ 6ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ބިޑް ރެޖިސްޓްރޭޝަން ފުރިހަމަކުރަންވާނެއެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. މި ބިޑަށް އަގު ހުށަހެޅޭނީ ބިޑުގައި ރަޖިސްޓާވާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތެއް ނުދެވޭނެއެވެ.

ރެޖިސްޓާވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

ބިޑް ރެޖިސްޓްރޭޝަން ގޫގުލް ފޯމް ލިންކް:

https://forms.gle/x5yLrKimsuCVSZhX7

 

އަންދާސީ
ހިސާބު ހުށަހެޅުން:

2024 ފެބްރުވަރީ 11ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގައި ބިޑު ހުށަހެޅުން ހުޅުމާލެ ހޮސްޕިޓަލް ގެ ވައްލަ މީޓިންގ ރޫމުގައި އޮންނާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މިހޮސްޕިޓަލުންދޭ މައުލޫމާތު ޝީޓާއި އެއްގޮތަށެވެ.

 

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2024 ފެބްރުވަރީ 6ވާ އަންގާރަ ދުވަހުގެ މެންދުރު 12:00ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350113 / 3350152

އީ-މެއިލް: [email protected]

29 ޖަނަވަރީ 2024
ހޯދާ