ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޮލީ ބޯލް ޓްރެއިނިންގ ޕްރޮގްރާމް 2024

ވޮލީ ބޯލް ޓްރެއިނިންގ ޕްރޮގްރާމް 2024

ގދ.ގައްދޫގައި ކުރިއަރަމުން އަންނަ "ވޮލީ ބޯލް ކުޅިވަރު" ރަށުގައި އާލާކޮށް، ހުނަރުވެރި ކުޅުންތެރިން ބިނާކުރުމަށްޓަކައި، ވޮލީބޯލް ކުޅުންތެރިން ތަމްރީންކުރުމުގެ ޕްރޮގްރާމެއް 2024 ފެބްރުއަރީ 07 ގައި ފެށުމަށް ގައްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ނިންމާފައެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ކުރިޔަށްގެންދާ މި ތަމްރީން ޕްރޮގްރާމުގައި 15 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. ވީމާ، މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2024 ފެބްރުއަރީ 05 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމް މެދުވެރިކޮށް ބައިވެރިވެދެއްވުން އެދި ދެންނެވީމެވެ. އިތުރު މަޢޫލޫމާތު ހޯއްދެވުމަށް 7343880 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

https://forms.gle/enGDxMqweYLezHRe9

 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

29 ޖަނަވަރީ 2024
ހޯދާ