ދިވެހިރާއްޖެ
﷽
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް،
މާލެ، ދިވެހިރާއްޖެ.
ނަންބަރު: FSM-ADV/2024/15
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ދޭ މަޢުލޫމާތާއި އެއްގޮތަށް، ތިރީގައި މިދަންނަވާ ރަށްތަކުގެ ބަނދަރުން އެރަށްރަށުގެ ފެނަކަ ބްރާންޗުތަކަށް2 އަހަރު ދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައި ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ރަށުގެ ނަން |
ރަށުގެ ނަން |
ގދ.ވާދޫ |
ގދ. މަޑަވެލި |
ގދ.ރަތަފަންދޫ |
ގއ. ގެމަނަފުށި |
ގދ.ނަޑެއްލާ |
ރ. އުނގޫފާރު |
ގދ. ހޯޑެއްދޫ |
ލ. ގަން ( ގަން، މުކުރިމަގު، މަތިމަރަދޫ |
ގއ. ކޮލަމާފުށި |
|
ގދ. ފިޔޯރި |
|
ގދ. ގައްދޫ |
|
ލ ފޮނަދޫ |
|
ށ. ކަނޑިތީމު |
|
ގއ. ކޮނޑޭ |
|
ވީމާ، މި ކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް، ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- ރެޖިސްޓްރޭޝަން: 01 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ކުރިން [email protected] އަށް އީމެއިލްކުރައްވާ، ރެޖިސްޓަރ ކުރެއްވުން އެދެމެވެ.
މެއިލްގައި ތިރީގައި މި ދަންނަވާ މަޢުލޫމާތު ހިމަނުއްވަންވާނެއެވެ.
- ބީލަމަށް ނަން ހުށަހަޅުއްވާ ފަރާތް
- ގުޅޭނެ ނަންބަރު އަދި އީމެއިލް
- ބީލަން ހުށަހަޅުއްވާ ފަރާތް ތަމްސީލުކުރައްވާނެ ފަރާތް އަދި މަޤާމް
- ބީލަމުގެ އިޢުލާނު ނަންބަރު ނުވަތަ ރިފަރެންސް އަދި ބީލަމުގެ ނަން
ބިޑަށް ރަޖިސްޓަރ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވެވަޑައިނުގެންނެވޭނެއެވެ.
- ބީލަން ހުށަހެޅުން: ބީލަން ހުށަހަޅުއްވާނީ، 04 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން[email protected]އަށް މެއިލްގެ ޒަރީޢާއިންނެވެ.
މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު، މި އިޢުލާނާއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.
29 ޖަނަވަރީ 2024